ހާޝިމް ވަކިކުރާ މައްސަލަ މަޖިލީހަށް ބަލައިގަނެ، ކޮމެޓީއަށް

މާލިއްޔަތު ކޮމެޓީން އިއްޔެ ވަނީ ހާޝިމް މަގާމުން ވަކިކުރަން ރައީސަށް ލަފާދޭން ފާސްކޮށްފަ އެވެ. އަދި އެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، ރިޔާސަތުން މިއަދު ވަނީ މި މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމެޓީއަށް ފޮނުވާފަ އެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް: އޭނާ މަގާމުން ވަކިކުރަން ރައީސަށް ލަފާދޭން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފައި --

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމުގެ މައްސަލަ ބަލައި ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވައިފި އެވެ.

ގަވަރުނަރު ހާޝިމްގެ މަސްއޫލިއްޔަތުތައް އަދާ ނުކުރެއްވޭ ކަމަށް ވިދާޅުވެ މި މައްސަލަ ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. މާލިއްޔަތު ކޮމެޓީން އިއްޔެ ވަނީ ހާޝިމް މަގާމުން ވަކިކުރަން ރައީސަށް ލަފާދޭން ފާސްކޮށްފަ އެވެ. އަދި އެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، ރިޔާސަތުން މިއަދު ވަނީ މި މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމެޓީއަށް ފޮނުވާފަ އެވެ.

އިއްޔެގެ ކޮމެޓީގައި ނާޒިމް ވިދާޅުވީ ގައުމުގެ ފިސްކަލް ހާލަތު ރަގަޅު ކުރުމަށްޓަކާ އިކޮނޮމިކް ރިޕޯމް އެޖެންޑާއެއް އެކުލަވާލައި، އެކަމަށް ބޭނުންވާ ގާނޫނުތައް ތައާރަފްކޮށް، އާ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށެވެ. ނަމަވެސް ގައުމުގެ އިގުތިސޯދު އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ގޮސްފައިވާއިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ ރަގަޅަށް ހިންގޭތަން ނުފެންނަ ކަމަށެވެ.

"ގައުމުގެ އިގުތިސޯދު ހީނަރުވެ، އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ގައުމުގެ އިގްތިސޯދު ދިޔައިރު އެމްއެމްއޭގެ ގާނޫނުތައް ބަޔާންކުރާ މަގުސަދުތައް ހާސިލު ކުރެވިފައި ނެތް ހިނދު، އެމްއެމްއޭގެ އެ މައިގަނޑު އެއް އަސާސް ކަމުގައިވާ މަނިޓަރީ ޕޮލިސީ އެންމެ އެކަށޭނަ ގޮތުގައި ހިނގަމުންދާތަން ފެންނާކަށް ނެތް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ހިންގާ ބޭންކުތަކާއި މާލީ އިދާރާތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓައި، ބޭންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބަހައްޓަން ގަވަރުނަރު ބާރުއަޅުއްވާތަން ފެންނަމުން ނުދާ ކަމަށެވެ. އަދި، ސަރުކާރުން ފައިސާ ހޯދަމުން ގެންދަނީ ޑޮމެސްޓިކް މާކެޓަށް ވެފައި، އެ މާކެޓު ރަގަޅަށް ރެގިއުލޭޓް ކުރާ ތަން ވެސް ފެންނަމުން ނުދާ ކަމަށެވެ.

އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން، ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. ހާޝިމަކީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ މަގާމަށް އައްޔަނު ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަނުކޮށްފައި ވަނީ ސެޕްޓެމްބަރު 8، 2019ގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.