އެހެންކަމުން، މަޖިލީހުގެ ގަވާއިދު ތަންދޭ އެންމެ ފުޅާ މިނެއްގައި މެންބަރުން މިގަރާރަށް ބަހުސްކޮށް ގޮތެއް ނިންމަން ސުޖާއު ވަނީ ހުށަހަޅުއްވާފަ އެވެ.
ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ބޭއްވި ކޮންމެ ރައްޔިތުންގެ މަޖިލީސް އިންތިހާބެއްގައި މެންބަރުން އިތުރުވަމުން ދާތީ އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ފަރާތުން ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އެވެ. ގަރާރު ހުށަހަޅުއްވަމުން ސުޖާއު ވިދާޅުވީ، ފެހި ގާނޫނުއަސާސީ ވުޖޫދުވި ފަހުން ބޭއްވި ކޮންމެ މަޖިލީސް އިންތިހާބެއްގައި މެންބަރުން އިތުރުވާ ނިސްބަތަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން ވެސް ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު، ރާއްޖޭގެ މަޖިލީހަށް އިންތިހާބު ކުރަން ޖެހޭ މެންބަރުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.
މިއީ މަޖިލީހުން ހައްލެއް ހޯދަން ޖެހޭ ކަމެއް ކަމަށާއި މިއީ ރައްޔިތުން ވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ސުޖާއު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ކުރީގެ މަޖިލީސްތަކުން ވެސް މިކަމަށް ހައްލެއް ހޯދަން ގާނޫނަށް އިސްލާހު ހުށަހެޅި ނަމަވެސް މަޖިލީހުގެ ޖުމްލަ މެންބަރުން އެކަމާމެދު ދެކޭ ގޮތް ހާމަކޮށްފައި ނުވާ ކަމަށެވެ.
އެހެންކަމުން، މަޖިލީހުގެ ގަވާއިދު ތަންދޭ އެންމެ ފުޅާ މިނެއްގައި މެންބަރުން މިގަރާރަށް ބަހުސްކޮށް ގޮތެއް ނިންމަން ސުޖާއު ވަނީ ހުށަހަޅުއްވާފަ އެވެ.
ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން މަޖިލީސް މެންބަރުން އިތުރުވަމުން އައި މިންވަރު؛
ސުޖާއު ވިދާޅުވީ، ފާއިތުވި 30 ވަރަކަށް އަހަރު ރާއްޖޭގެ އާބާދީ އިތުރުވަމުންދާ މިންވަރު މަޑުޖެހިފައި އޮތް ނަމަވެސް. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އާބާދީ އިތުރުވަމުންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ކޮންމެ އިންތިހާބެއްގައި މެންބަރުންގެ ގޮނޑިތައް އިތުރުވާނެ ކަމަށް އަންދާޒާކުރައްވާފައިވެ އެވެ.
"ރައްޔިތުންގެ މަޖިލީހަށް ކުރަން ޖެހޭ ހަރަދާއި، މަޖިލީހުގެ މަސައްކަތްތައް އިތުރުކުރަން ޖެހޭ ޖާގައަށް ބެލި ނަމަވެސް، ހުއްޓުމެއް ނެތި މަޖިލީސް މެންބަރުން އިތުރުވަމުން ދިޔަ ދިޔުމަށް ވޭތުވެދިޔަ މަޖިލީސްތަކުން އޮންނާން ވާނީ ހައްލެއް ގެނެސްފައިކަން ގިނަ ބަޔަކު ދެކޭ،" ގަރާރުގައި ސުޖާއު ވިދާޅުވި އެވެ.
އެހެންކަމުން، ގާނޫނުއަސާސީގެ 71 އަދި 72 ވަނަ މާއްދާއަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ސުޖާއު ގަރާރު ހުށަހެޅުއްވުމުން ސަރުކާރަށް ނިސްބަތްވާ މެންބަރުން ދަނީ މި ގަރާރަށް ތާއީދު ކުރައްވާ ބަހުސް ކުރައްވަމުންނެވެ.