ފާއިތުވި ފަސް އަހަރު އެ ފިރިހެން މީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް ޑޮކްޓަރާއި ކައިވެނި ކުރަން އޭނާ އަބަދުވެސް ދެކޮޅު ހަދާ ކަމަށް ވެއެވެ.
އިންޑިއާގެ ބިހާރުގެ ސަރަން ޑިސްޓްރިކްޓްގައި އަންހެން ޑޮކްޓަރަކު އޭނާގެ ލޯބިވެރިޔާގެ ޖިންސީ ގުނަވަން ބުރި ކޮށްލައިފި އެވެ.
ފުލުހުން ވަނީ މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާގައި އެ ޑޮކްޓަރު ހައްޔަރު ކޮށްފަ އެވެ.
މަދައުރާ ބްލޮކްގެ ވޯޑް ނަމްބަރު 12 އިގެ ކައުންސިލަރެއްގެ ގޮތުގައި މަސައްކަތް ކުރާ މި މީހާއަށް ފަރުވާ ދިނުމަށް ޕަޓްނާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް (ޕީއެމްސީއެޗް) ގައި އެޑްމިޓް ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފާއިތުވި ފަސް އަހަރު އެ ފިރިހެން މީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް ޑޮކްޓަރާއި ކައިވެނި ކުރަން އޭނާ އަބަދުވެސް ދެކޮޅު ހަދާ ކަމަށް ވެއެވެ. ނަމަވެސް ފަހުން ކައިވެނި ކުރަން އެއްބަސްވެ ކޯޓަށް ދިއުމަށް ކިޔާފައި އޮތް ގަޑިއަށް އޭނާގެ ބައިވެރިޔާ ކައިވެނި ކުރަން ނުދިއައީ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
އޭގެ ފަހުން ޑޮކްޓަރުގެ ބައިވެރިޔާ ގެއަށް ގެންގޮސް އޭނާގެ ޖިންސީ ގުނަވަން ބުރިކޮށްލީ ކަމަށް ތުހުމަތު ކުރެއެވެ. ކައުންސިލަރުގެ ރުއިމުގެ އަޑު އިވުމުން އަވަށްޓެރިން ގޮސް ފުލުހުންނަށް އެކަން އެންގިއިރު އޭނާ ފެނުނީ އެނދުގައި ލޭތަކާއެކު އޮތްތަނެވެ.
ތުހުމަތު ކުރެވޭ ޑޮކްޓަރު ހައްޔަރުކޮށް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.