ޖަލު ފާސްކުރާ ބޮޑު އޮޕަރޭޝަން ގައި ތިން މުއައްސަސާގެ 304 އޮފިސަރުން ބައިވެރިވޭ

ފުލުހުން ބުނި ގޮތުގައި މިހާރު ހިންގާ އޮޕަރޭޝަންގައި ތިން މުއައްސަސާގެ 304 އޮފިސަރުން ބައިވެރިވެ އެވެ. އެއީ 183 ފުލުހުންނާއި ސިފައިންގެ 81 އޮފިސަރަކާ ކަރެކްޝަންގެ 40 އޮފިސަރުންނެވެ.

ކަރެކްޝަންގެ އޮފިސަރުންތަކެއް: ޖަލު ފާސްކުރަން ބޮޑު އޮޮޕަރޭޝަނެއް ވަނީ ފަށާފައި

މާފުށީ ޖަލަށް ގަވާއިދާ ހިލާފަށް އެތެރެކުރަމުންދާ ތަކެތި އަތުލާ ޖަލުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުމަކަަށް ގެނައުމަށް ފަށާފައިވާ އޮޕަރޭޝަންގައި ޖަލުން ގިނަ އަދަދެއްގެ ތަކެތި ހޯދައިފި އެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ފޯނާއި އެ ނޫން ބައެއް ތަކެތި އެތެރެކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 18 އޮފިސަރަކު ބައިވެރިވާ ކަމުގެ ތުހުމަތު ކުރެވި އެކަމާ ގުޅޭ ގިނަ ހެކިތަކެއް ލިބުމުން ބޮޑު އޮޕަރޭޝަނެއް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށި އެވެ.

އެ އޮޕަރޭޝަން ފެށީ ހޯމް މިނިސްޓްރީން އަންގައިގެންނެވެ. އޮޕަރޭޝަން ގައި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބައިވެރިވެ އެވެ.

މިއަދު ވަނީ މާފުށީ ޖަލުގެ 8 ޔުނިޓެެއް ބަލާ ފާސްކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި ބަލާ ފާސްކުރުމުގައި 29 މޯބައިލް ފޯނާއި 17 ޗާޖަރާއި 12 ހެޑްސެޓާ ތިން ޕެންޑްރައިވްއާ ތިން އިޔާ ޕޮޑާއި ތިން ކޭބަލް އަދި ދެ ސިމް ކާޑާއި ހަތަރު ބޮގަރު ފުޅި ވަނީ ހޯދާފަ އެވެ.

ފުލުހުން ބުނި ގޮތުގައި މިހާރު ހިންގާ އޮޕަރޭޝަންގައި ތިން މުއައްސަސާގެ 304 އޮފިސަރުން ބައިވެރިވެ އެވެ. އެއީ 183 ފުލުހުންނާއި ސިފައިންގެ 81 އޮފިސަރަކާ ކަރެކްޝަންގެ 40 އޮފިސަރުންނެވެ.

މިއީ މިހާ ފުޅާކޮށް / މިހާ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެގެން ޖަލު ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެވެ.

ޖަލަށް ޑްރަގް ވައްދާ 18 އޮފިސަރެއް، އެމީހުންގެ އެކައުންޓްގައި 73 މިލިއަން ރުފިޔާ

ޖަލު އޮޕަރޭޝަނާ ގުޅޭގޮތުން އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި ޖަލަށް މަސްތުވާތަކެއްޗާއި ފޯނާއި އެ ނޫން ތަކެތި އެތެރެކުރުމުގައި ކަރެކްޝަންގެ 18 އޮފިސަރަކު ބައިވެރިވާ ކަމުގެ ތުހުމަތު ކުރެވިފައިވެ އެވެ. އެ އޮފިސަރުންގެ އެކައުންޓަށް އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކޮށްފައިވާ ކަމަށެވެ.

އެކެއްގެ އެކައުންޓަށް މިދިޔަ އަހަރު 24 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. އަދި 18 މީހުންގެ އެކައުންޓަށް ޖުމްލަ 73 މިލިއަން ހަ ލައްކަ ރުފިޔާ ޖަމާވެފައިވެ އެވެ. މި އޮފިސަރުންގެ ތެރެއިން ހަ އޮފިސަރަކު މި އަހަރު ވަނީ ވަޒީފާ އިން ވަކިވެފަ އެވެ.  

އޭގެ ތެރެއިން 13 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ހޯމް މިނިސްޓަރު އިހުސާން އަލީ ވިދާޅުވި ގޮތުގައި އެއިން ވަރަށް ގިނަ އޮފިސަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވަނީ ކުދި އަދަދުތަކުންނެވެ. ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.