ހަލުއި ސްޕީޑްގައި 100 އެމްބީޕީއެސްއާ ހަމައަށް، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ދާންދޫއަށް މިއަދު ތައާރަފު ކޮށްފި އެވެ. އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒް ވިދާޅުވީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ހަލުއި ސްޕީޑާއި ޑޭޓާ ރޯލްއޯވާ ހިދުމަތާއެކު އުރީދޫ ފިކްސްޑް ބްރޯޑްބޭންޑް ސުޕަނެޓް ޕްލޭންތަކަކީ މިވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތައް ކަމަށެވެ.
ހަލުއި ސްޕީޑްގައި 100 އެމްބީޕީއެސްއާ ހަމައަށް، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ދާންދޫއަށް މިއަދު ތައާރަފު ކޮށްފި އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒް ވިދާޅުވީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ހަލުއި ސްޕީޑާއި ޑޭޓާ ރޯލްއޯވާ ހިދުމަތާއެކު އުރީދޫ ފިކްސްޑް ބްރޯޑްބޭންޑް ސުޕަނެޓް ޕްލޭންތަކަކީ މިވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތައް ކަމަށެވެ.
ދާންދޫ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ފައިބާ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ދެ އެވެ.
އުރީދޫން ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވު ރެ ހަލުއި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބެ އެވެ.