ހުޅުމާލެއާއި ވިލިމާލޭގައި ވެސް ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކް

ހެލްތު މިނިސްޓްރީން ވަނީ މިއަހަރު ތިން ފްލޫ ކްލިނިކެއް ގާއިމްކޮށްފަ އެވެ. އެގޮތުން، އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލޭގައި ހާއްސަ ފްލޫ ކްލިނިކްތައް ގާއިމްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އައިޖީއެމްއެޗް: އެތަނުގެ އިތުރުން ހުޅުމާލެއާއި ވިލިމާލޭގައި ވެސް ވަނީ ފްލޫކްލިނިކް ގާއިމްކޮށްފަ އެވެ.

ހައްޖުގެ މާތް އަޅުކަމަށްފަހު ހައްޖުވެރިން އެނބުރި ރާއްޖެ އަންނަ ދުވަސްވަރަށް ވާތީ، މާލެ ސަރަހައްދުގައި ފްލޫ ކްލިނިކްތަކެއް ގާއިމްކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ ފްލޫ ކްލިނިކްތަކެއް ގާއިމްކޮށްފައި މިވަނީ ހައްއްޖުވެރިން އެނބުރި އަންނަމުންދާ ދުވަސްވަރަކަށްވާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ކަމަށެވެ. 

އަދި، ހައްޖުވެރިންނަށް ހާއްސަކޮށްގެން ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމާއި އެކު އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ އިތުރުން އާންމުންގެ ތެރޭގައި ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. ކޮންމެ އަހަރަކު ވެސް ހައްޖު މޫސުމުގައި މި ފްލޫ ކްލިނިކްތައް ހުޅުވަ އެވެ.

ހެލްތު މިނިސްޓްރީން ވަނީ މިއަހަރު ތިން ފްލޫ ކްލިނިކެއް ގާއިމްކޮށްފަ އެވެ. އެގޮތުން، އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލޭގައި ހާއްސަ ފްލޫ ކްލިނިކްތައް ގާއިމްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހުމާއި ރޯގާފަދަ ބަލިތަކުން އާންމުން ރައްކާތެރިކޮށް، ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބަލިމީހުންގެ އަދަދު އިތުރުވަމުންދާނަމަ އެހެނިހެން ސަރަހައްދުތަކާއި އަތޮޅުތަކުން މި ހިދުމަތް ދިނުމަށް ސިއްހީ ދާއިރާ ތައްޔާރަށް އޮތް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

"އެހެންކަމުން މި ބަލި މުޖުތަމައުގެ ތެރޭގައި ފެތުރުން ވީހާވެސް ބޮޑަށް ހުއްޓުވުމަށް ހައްޖުން އެނބުރި އަންނަ އެއްވެސް ހައްޖާޖީއެއްގެ ފަރާތުން މިފަދަ ބައްޔެއްގެ އަލާމާތްތައް ފެނިއްޖެނަމަ މި ކްލިނިކްތަކުގެ ބޭނުން ހިފުމަށް މި މިނިސްޓްރީން އިލްތިމާސްކުރަން،" މިނިސްޓްރީން ބުންޏެވެ.

ހައްޖުގެ އަޅުކަމަށް އެތައް މިލިއަން މީހަކު ސައުދީ އަރަބިއްޔާއަށް ދަތުރުކުރާއިރު އާންމު ގޮތެއްގައި ހުމާއި ރޯގާ އިތުރުވެ އެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރެއިން މައްކާގައި ދިވެއްސެއް މަރުވެފައިވާއިރު، ރާއްޖޭން ނުފެންނަ ބައްޔެއްގައި ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު ރާއްޖެ އައި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ވަނީ ނިޔާވެފަ އެވެ. އޭނާ މަރުވީ ނުރައްކާތެރި މެނިންގޮކޯކޮލް ބަލީގަ އެވެ.

ހައްޖުވެރިން ރާއްޖެ އަންނަން ފަށާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެންމެ ފަހު ގްރޫޕް އަންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.