އިސްތަށިގަނޑު ތެތްކޮށް ބާއްވާ ނިދުމަކީ ގޯހެއް

ޖުމްލަ ގޮތެއްގައި ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި ތެތް އިސްތަށިގަނޑަކާއެކު ނިދުމަކީ އިސްތަށިގަނޑާއި މުޅި ޖިސްމާނީ ދުޅަހެޔޮކަމަށް ރައްކާތެރި ކަމެއް ނޫނެވެ.

ނިދުމުގެ ކުރިން ނުވަތަ ރޭގަނޑު ރަނގަޅަށް ފެންވެރުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އޭގެ ސަބަބުން ހަށިގަނޑު ސާފުތާހިރުވެ އަރާމުކޮށް ނިދާލަން އެހީއަކަށް ވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރޭގަނޑު ނިދުމުގެ ކުރިން ފެންވެރުމަކީ ފިކުރު ބޮޑުވުމާއި ހާސްކަން ފިލުވާލައިދީ އަރާމު ފުރިހަމަ ނިންޖެއް ލިބުމަށް މަގުފަހިވާ ކަމެކެވެ. ނަމަވެސް ސުވާލަކީ އިސްތަށިގަނޑު ދޮވުމަށް ފަހު ރަންގަޅަށް ނުހިކެނީސް ނިދުމަކީ ކޮންކަހަލަ ކަމެއްތޯ އެވެ.

ނިއުޔޯކް ސިޓީގެ ބޯޑް ސެޓިފައިޑް، ހަމުގެ ޑޮކްޓަރެއް ކަމަށްވާ އެމްޑީ ޑެންޑީ އެންގަލްމަން ވިދާޅު ވަނީ ރަނގަޅަށް އިސްތަށިގަނޑު ނުހިއްކާ ނިދުމަކީ ބެކްޓީރިއާ އާއި ފަންގަލް އިންފެކްޝަން އުފެދޭނެ ކަމެއް ކަމަށެވެ. އިސްތަށިގަނޑަށް ލިބޭ ގެއްލުމުގެ އިތުރުން ހަންގަޑާއި މުޅި ސިއްހަތަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ. 

އެގޮތުން ބޮލުގެ ތަލައިގައި ނުވަތަ ހަންގަނޑުގައި ބެކްޓީރިއާ އުފެދުމަށް މެދުވެރި ވެއެވެ. އެހެން ވަނީ ބޯ ތެތްކޮށް ބަހައްޓައިގެން ބާލީހުގައި ބޯއެޅުމުން ބާލީސް ތެމި އިސްތަށިގަނޑާއި ތެތް ބާލީހުގެ ސަބަބުން ބޮލުގައި ފަންގަސް ހެދުމަށް މަގުފަހިވެގެނެވެ. އަދި ބާލީސް ތެމުމަކީ ސާފުތާހިރުކަން ކުޑަވެ ބާލިހުން ނުބައިވަސް ދުވާނެ ކަމެކެވެ. މީގެ ސަބަބުން ބެކްޓީރިއަލް އިންފެކްޝަން އުފެދުމުގެ ފުރުސަތު ބޮޑުވެ އެވެ.

ބާލީސް އަބަދު ތެންމާނަމަ ފެންމަޑު ޖެހުމާއި އޭގެ ސަބަބުން އުފެދޭ ބެކްޓީރިއާގެ ހާއްޔަކަށް ތަންމަތި ވުމަކީ ވެސް މިފަދަ އާދަތަކުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. މިފަދަ ތަންމަތީގައި ނިދުމުން ނިދިން ހޭލާއިރު ނޭފަތް ބެދި، ލޯ ރަތް ވެ ހިރުވުން އަދި ބޮލަށް ތަދުވުން ފަދަ ކަންކަން މެދުވެރި ވެއެވެ. އިސްތަށިގަނޑު ތެތްކޮށް ބާއްވާ ނިދުމުން ބޯ ހިރުވުމާއި ހަންފޮޅުމާއި އިސްތަށިބުޑު އިންފެކްޓްވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވެ އެވެ.

ޖުމްލަ ގޮތެއްގައި ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި ތެތް އިސްތަށިގަނޑަކާއެކު ނިދުމަކީ އިސްތަށިގަނޑާއި މުޅި ޖިސްމާނީ ދުޅަހެޔޮކަމަށް ރައްކާތެރި ކަމެއް ނޫނެވެ. އެކަމަކު ރޭގަނޑު ފެންވަރަން ބޭނުންވާ ނަމަ، އިންފެކްޝަންގެ ސަބަބުން އިސްތަށިގަނޑަށް ގެއްލުންވުމުގެ ފުރުސަތު ކުޑަ ކުރުމަށް ރޫޓިން ކުޑަކޮށް ބަދަލު ކުރާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.