ކުރީގެ މަޖިލިސް ރައީސް ސީނާ ޒާހިރުގެ މަންމާފުޅު އަވަހާރަވެއްޖެ

ދޮންދީދީ އައްސުލްޠޯން މުޙައްމަދު ޣިޔާސުއްދީން، ޙާޖީ ބަންޑާރައިން / ޝަހީދުކުޅަ ބަންޑާރައިންގެ ފަސް ވަނަ ކާފަ ދަރިކަނބަލުންނެވެ. އެކަމަނާއަކީީ މިހާތަނަށް ދިޔަމިގިލީ ރަސްދަރިކޮޅުން ދުނިޔޭގައި އިންނެވި އެންމެ ދުވަސްވީ ބޭފުޅާ އެވެ.

މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ވަޒީރު އަހުމަދު ޒާހިރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ވަޒީރު ސީނާ އަހުމަދު ޒާހިރުގެ މަންމާފުޅު އައިޝަތު ލަތީފާ (ދޮންދީދީ) އަވަހާރަ ވެއްޖެ އެވެ.

ރޭ އެކަމަނާ އަވަހަރާވީ އުމުރުފުޅުން 89 އަހަރުގައި ގާތްގަނޑަކަށް 9:30 އެހާކަންހާއިރު އެވެ. އެކަމަނާގެ ޖަނާޒާ ބާއްވާފައި ވަނީ ރޭ މެންދަމު އެވެ. 

އެކަމަނާއަކީ ކުރީގެ ގާޒީ، އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އައްޝައިހް އަބްދުﷲ ޒުހުރީގެ ހުވަފަތް އަނބިކަނބަލުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް / ކުރީގެ ވަޒީރު / މަޝްހޫރު ނޫސްވެރިޔާ ސީނާ އަހުމަދު ޒާހިރުގެ ލޮބުވެތި މަންމާފުޅުގެ އިތުރުން ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޑރ. އަޒުމިރަލްދާ ޒާހިރުގެ ލޮބުވެތި މާމާފުޅެވެ.

ދޮންދީދީއަކީ އައްސުލްތޯން މުޙައްމަދު ޣިޔާސުއްދީން، ޙާޖީ ބަންޑާރައިން / ޝަހީދުކުޅަ ބަންޑާރައިންގެ ފަސް ވަނަ ކާފަ ދަރިކަނބަލުންނެވެ. އެކަމަނާއަކީީ މިހާތަނަށް ދިޔަމިގިލީ ރަސްދަރިކޮޅުން ދުނިޔޭގައި އިންނެވި އެންމެ ދުވަސްވީ ބޭފުޅާ އެވެ. މީގެ އިތުރުން އެކަމަނާއަކީ ވަރަށް މަޝްހޫރު ބޭސްވެރި އާއިލާއެއްގެ ދިވެހި ބޭސްވެރިއެއް ވެސް މެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.