ކުށްކުރާ ކުދިން އިސްލާހު ކުރާ މަރުކަޒު ހަދަން ރައީސް ނިންމަވައިފި

އެ ރަށް ވެގެން ދާނީ ކުރިން މީހުން ދިރިއުޅެފައި، ނަމަވެސް މިހާރު އުމްރާނީ ތަރައްގީގެ ކަންކަން ހަމަޖެހިފައިވާ ރަށަކަށް ކަމަށް އެ ކަރުދާހުގައި ބަޔާންކޮށްފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަޒީރުންގެ މަޖިލީހުގައި --

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރު ކޮށްދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ މަރުކަޒު / އިސްލާހިއްޔާ ގާއިމު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ބަޔާންކުރާ "ލޯންގް ޓާމް ރެސިޑެންޝަލް ކެއާ ފެސިލިޓީ" ވަކި ރަށެއްގައި ގާއިމް ކުރަން ނިންމާފައިވާ ކަމަށް ކުރިން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ. އެގޮތުގެ މަތިން ވަޒީރުންގެ މަޖިލީހަށް ކަރުދާހެއް ހުށަހެޅުއްވުމުން ރައީސް ވަނީ ވަޒީރުންގެ މަޝްވަރާއާއެކު އެ މަރުކަޒު އަޅަން ނިންމާފަ އެވެ.

ވަޒީރުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައި ވަނީ މިނިސްޓަރު އިހުސާން ހުށަހެޅުއްވި ކަރުދާހުގައިވާ ގޮތަށް، މީހުން ނޫޅޭ ވަކި ރަށެއްގައި އެ ފެސިލިޓީ ގާއިމް ކުރުމަށެވެ. އެ ރަށް ވެގެން ދާނީ ކުރިން މީހުން ދިރިއުޅެފައި، ނަމަވެސް މިހާރު އުމްރާނީ ތަރައްގީގެ ކަންކަން ހަމަޖެހިފައިވާ ރަށަކަށް ކަމަށް އެ ކަރުދާހުގައި ބަޔާންކޮށްފައިވެ އެވެ.

އަދި، އެފަދަ މަރުކަޒެއްގައި ހުންނާނެ ފެސިލިޓީތަކާއި މަރުކަޒުގައި ހިންގާނެ ޕްރޮގްރާމުތަކުގެ ތަފުސީލުތައް މި ކަރުދާހުގައި ހިމަނާފައިވެ އެވެ.

ކުޑަކުދިން އިސްލާހު ކުރާ މަރުކަޒު ގާއިމްކުރާ ރަށަށް ކިޔަން ނިންމާފައި ވަނީ "ހޯޕް އައިލެންޑް" ކަމަށް ކުރިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެ ރަށުގައި 18 އަހަރު ވާންދޭން ކުދިން ގެންގުޅެ، ކުދިންނަށް އެކުދިންގެ އާއިލާއާ ގުޅުން ބޭއްވޭނެހެން އިންތިޒާމްތައް ހަމަޖައްސާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި، އެތަނުން ތައުލީމާއި އެކިއެކި ތަމްރީނުތައް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.