އޭޝިއާގެ ނޭޓޯ އުފެދެމުން ދާކަމަށް އުތުރު ކޮރެއާއިން ބުނެފި

ދެކުނު ކޮރެއާ އާއި އެމެރިކާއިން ވެސް ވަނީ އުތުރު ކޮރެއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ބޭނުންކުރާ ހަތިޔާރު ރަޝިއާއަށް ފޯރުކޮށްދޭ ކަމަށް ތުހުމަތު ކޮށްފަ އެވެ.

އެމެރިކާ، ދެކުނު ކޮރެއާ އަދި ޖަޕާނުގެ ވެރިންގެ ބައްދަލުވުމެއް: އުތުރުގެ ފާޑު ކިޔުން މި ގުޅުމަށް އޮވޭ

އެމެރިކާ - ޖަޕާން - އާރްއޯކޭ ދެކުނު ކޮރެއާގެ ގުޅުމަކީ ނޭޓޯގެ އޭޝިއާ ވާޝަނެއް ފުރިހަމައަށް ފެނުނު ގުޅުމެއް ކަމަށާއި ނުރައްކާތެރި ނަތީޖާއެއް ނުކުންނާނެ ކަމުގެ އިންޒާރު އުތުރުން ވަނީ ދީފަ އެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާ އަދި ޖަޕާން ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކަށް އުތުރު ކޮރެއާއިން ވަރަށް ބޮޑަށް ފާޑު ކިޔާފައިވާއިރު، މިފަދަ ތަމްރީނުތަކުން ދޭހަވަނީ އެ ތިން ގައުމުގެ ގުޅުން "ނޭޓޯގެ އޭޝިއަން ވާޝަން" އަަކަށް ބަދަލުވެފައިވާ ތަން ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާ، ޖަޕާން އަދި ދެކުނު ކޮރެއާ ގުޅިގެން "ފްރީޑަމް އެޖް" ގެ ނަމުގައި ބޮޑެތި އަސްކަރީ ތަމްރީނުތަކެއް ފަށާފައިވާއިރު، މިސައިލާއި ސަބްމެރިން އަދި ވައިގެ ހަމަލާތަކުން ދިފާއު ވަރުގަދަ ކުރުމުގެ މަގްސަދުގައި ނޭވީ ޑިސްޓްރޯޔަރުން، ފައިޓާ ޖެޓް އަދި ނިއުކްލިއާ ހަކަތަ ބޭނުން ކުރާ އެމެރިކާގެ މަތިންދާބޯޓު އުފުލާ އުޅަނދު، ތިއޯޑޯ ރޫޒްވެލްޓް ހިމަނާފައި ވެއެވެ.

އުތުރު ކޮރެއާއިން ހަތިޔާރު ޓެސްޓު ކުރުމުގެ ސަބަބުން ކޮރެއާ ޕެނިންސިއުލާގައި އުފެދިފައިވާ ނުތަނަވަސް ކަމުގެ ތެރޭގައި އަސްކަރީ ގުޅުން ބަދަހި ކުރުމުގެ ގޮތުން މިދިޔަ އަހަރު އެމެރިކާގެ ކޭމްޕް ޑޭވިޑްގައި ބޭއްވި ތްރީވޭ ސަމިޓްގައި މި އެކްސަސައިޒް ރާވާފައި ވެއެވެ.

އާދީއްތަ ދުވަހު ދެކުނު ކޮރެއާއިން ވަނީ އުތުރު ކޮރެއާގެ ތުހުމަތުތައް ދޮގުކޮށް އެންމެ ފަހުގެ ތަމްރީނުތަކަކީ ތިން ބައިވެރިންގެ މެދުގައި އެތައް އަހަރެއް ވަންދެން ގަވާއިދުން ކުރިއަށް ގެންދާ ޑިފެންސިވް ޑްރިލްތަކެއް ކަމަށް ބުނެފަ އެވެ. ދެކުނު ކޮރެއާގެ ގައުމީ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮރެއާ ޕެނިންސިއުލާގައި ނުތަނަވަސްކަން އުފެދޭ މައިގަނޑު ސަބަބު ކަމަށްވާ އުތުރު ކޮރެއާއިން "ފްރީޑަމް އެޖް" އެކްސަސައިޒަކީ "އޭޝިއަން ނޭޓޯ" ގެ ގޮތުގައި ލޭބަލްކޮށް ފާޑުކިޔުމަކީ ހަގީގަތާ ހިލާފު ކަމެއް ކަމަށެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ދެމެދު ދާދި ފަހުން ސޮއިކުރި ދިފާއީ އެއްބަސްވުމާ ދެކޮޅަށް ސޯލް އިން ވަނީ ސީދާ ޔޫކްރޭނަށް ހަތިޔާރު ސަޕްލައި ކުރުމުގެ ފުރުސަތު އޮތް ގޮތް މުރާޖައާ ކުރާނެ ކަމަށް ބުނެފަ އެވެ.

ދެކުނު ކޮރެއާ އާއި އެމެރިކާއިން ވެސް ވަނީ އުތުރު ކޮރެއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ބޭނުންކުރާ ހަތިޔާރު ރަޝިއާއަށް ފޯރުކޮށްދޭ ކަމަށް ތުހުމަތު ކޮށްފަ އެވެ.

ރަޝިޔާ އާއި އުތުރު ކޮރެއާއިން ވެސް ވަނީ އެފަދަ އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.