މާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވަނީ

މިއަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށެން ވާއިރަށް ކުރީގެ ސީއެޗްއެސްސީގެ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެން ދާނެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު --

މާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވީ ފުރަމާލެ އަކީ ދިވެހިރާއްޖޭ ގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ރަށް ކަމަށާ މިހިނގާ 2024 ވަނަ އަހަރު ގްރޭޑް 10 ގައި 1700 ދަރިވަރުން މާލޭގާ ކިޔަވަމުންދާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމެއް ކަމަށެވެ.

އެެހެން ކަމުން އެ ކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިއަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށެން ވާއިރަށް ކުރީގެ ސީއެޗްއެސްސީގެ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވުމުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭލެވެލް ދަރިވަރުންގެ އަދަދު މަދުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭލެވެލްގެ ތައުލީމަށް ސަރުކާރުން ކުރާ ހޭދަވެސް މިހާރަށް ވުރެ ކުޑަކުރެވޭނެ ކަމަށެވެ.

"ކައިރި މުސްތަގުބަލެއް ގައި އޭލެވެލް ކިޔަވައިދުމަށް މުޅިން އާ އިމާރާތެއް މާލޭގައި ބިނާކުރެވޭނެ،" 

މިނިސްޓަރު ވިދާޅުވީ މޭލޭގައި އޭލެވެލް ސްކޫލެއް ހުޅުވުމުގެ ސަބަބުން ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ސީއެޗްއެސްސީ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މާލޭގައި ކުރީން ހިންގަމުން އައި ސީއެޗްއެސްސީ މިހާރު ހިންގަނީ ހުޅުމާލޭގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.