ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމަށް މަޖިލީހުން ރުހުންދީފި

މި އެގްރީމެންޓުގައި ސޮއިކުރުމުގެ ސަބަބުން ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބިގެންދާނެ އެވެ. އޭގެ ތެރޭގައި އެކްސްޕޯޓުކުރާ ކަނޑުމަހުގެ ބާވަތްތަކަށް ރަނގަޅު އަގެއް ލިބުން ހިމެނެ އެވެ.

20 ވަނަ މަޖިލީހުގެ މެންބަރުން -- ފޮޓޯ: މަޖިލިސް

ރާއްޖެއިން އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީ.ޕީއެސް) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ގާއިމުކޮށްފައިވާ "ސަމޯއާ އެގްރީމަންޓް"ގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. 

މިއަދުގެ މަޖިލީހުގެ ޖަލްސާގެ ވޯޓުގަޑީގައި، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާ ގުޅޭ ގޮތުން މެންބަރުންނަށް ފެންނަ ގޮތަކަށް ވޯޓު ދޭން ހުޅުވާލުމުން އެވަގުތު ޖަލްސާއަށް ހާޒިރުވެ ތިއްބެވި 82 މެންބަރުން ވަނީ ފެންނަ ކަމަށް ވޯޓު ދީފަ އެވެ. 

ސަމޯއާ އެގްރީމެންޓުގައި ރާއްޖެއިން ބައިވެރިވުމަށް ކެބިނެޓުން ހުށަހެޅުމުން، އެ ހުށަހެޅުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވީ ހޯމަ ދުވަހު އެވެ. ވަޒީރުންގެ މަޖިލީހަށް މި އެއްބަސްވުމުގައި ސޮއިކުރުމަށް ކަރުދާހެއް ހުށަހެޅީ ފޮރިން މިނިސްޓްރީންނެވެ. 

ސަމޯއާ އެގްރިމެންޓްގައި ސޮއިކުރުމާ މެދު މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެއާ އެކު ކޮމިޓީން ނިންމާފައިވަނީ އެ އެގްރިމަންޓްގައި ސޮއިކުރަން ރުހުންދޭން ފެންނަ ކަމަށެވެ.

އިޔޫއާ އެކު ސޮއިކުރާ ސަމޯއާ އެގްރިމަންޓުގެ ސަބަބުން ރާއްޖެއިން ރަނގަޅު އަގެއްގައި މަހުގެ ބާވަތްތައް ބޭރުކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.