ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރެވޭނީ ގުޅުން ބަދަހިކޮށްގެން: ސާޖިދާ

ސާޖިދާ ވިދާޅުވީ ރަނގަޅަށް ކުދިން ތަރުބިއްޔަތުކުރުމަށް، ކުދިންގެ ހިތުގައި މައިންބަފައިންނަށް އޮންނަ އިތުބާރު ވަރުގަދަކުރެވެން ޖެހޭނެ ކަމަށާއި، އެކަން ކުރެވޭނީ ކުދިންނާ ގާތް ގުޅުމެއް އޮވެގެން ކަމަށެވެ.

މެޑަމް ސާޖިދާ މުހައްމަދު

ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަށް އެންމެ މުހިންމު ކަމަކީ ކުދިންނާއި މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. 

ޔުނިސެފް މޯލްޑިވްސް އިން ކުރިއަށް ގެންދާ "ބެލެނިވެރިޔާ" ޕްރޮގްރާމުގެ ދަށުން މިއަދު އެކްސްގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި ސާޖިދާ ވިދާޅުވީ، ދަރިން ތަރުބިއްޔަތުކުރުމަކީ ވަރަށް ބޮޑު، އަދި އެހާމެ މުހިންމު ޒިންމާއެއް ކަމަށެވެ. 

"މައިންބަފައިން ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރާނަމަ އެކުދިންނާ އެކީ އޮންނަ ގުޅުން ބަދަހިކުރަން އެބަ ޖެހޭ،" ސާޖިދާ ވިދާޅުވި އެވެ. 

އެކަމަނާ ވިދާޅުވީ، އެކި އުމުރުފުރައިގެ ކުދިންނާ އެކި ގޮތްގޮތުން ބެލެނިވެރިންނަށް ކުދިންނާ އެކު އޮންނަ ގުޅުން ވަރުގަދަކުރެވިދާނެ ކަމަށެވެ. ހާއްސަކޮށް، އުމުރުން ހަގު ކުއްޖެއް ނަމަ އެކުއްޖާއާ އެކީގައި، އެކުއްޖާގެ ލެވެލްގެ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކުރެއްވި އެވެ. އަދި ފުރާވަރުގެ ކުދިން ނަމަ، އެކުދިންނާ ގާތް ގުޅުމެއް އުފެދެނީ އެއީ މައިންބަފައިންގެ އެންމެ ގާތް ރަހުމަތްތެރިންގެ ގޮތުގައި ބަލައިގެން ކަމަށް ސާޖިދާ ފާހަގަކުރެއްވި އެވެ.

"މައިބަފައިންނާ ކުދިންނާ މެދު އިތުބާރު އުފެދުނު ވަރަކަށް އެކުދިންނާ ގުޅުން ބަދަހިވެގެން މިދަނީ. އެ އިތުބާރާ އެކީގައި މާހައުލުގެ ތެރޭގައި މި ފެންނަ ނޭދެވޭ ކަންކަމުން ކުދިން ސަލާމަތްވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް އެބަ ލިބޭ" ސާޖިދާ ވިދާޅުވި އެވެ. 

މައިންބަފައިންނަށް އިތުބާރު އޮވެގެން ފުރާވަރަށް އަރާ ކުދިން، މުޖްތަމައުގައި ހުންނަ ގޯސް ކަންތައްތަކުން ދުރުހެލިވެ ތިބޭނެ ކަމަށާއި، އެއީ ރަނގަޅު ޖީލެއް ބިނާކުރުމަށް ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށް ވެސް އެމަނާ ފާހަގަކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.