ގޮތް ނޭނގޭ އެއްޗެއް ބޮއެގެން ލަންކާގެ ހަތަރު މަސްވެރިން މަރުވެއްޖެ

ލަންކާގެ ނޭވީން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އެ ފުޅިތަކުން މަސްވެރިން ބުއީ މަސްތުވާތަކެތި އެކުލެވޭ ބުއިމެއް ކަމަށް ހީކޮށްގެނެވެ.

ލަންކާގައި މަސްވެރިކަމަށް ނުކުމެ އުޅޭ ދޯންޏެއް

ލަންކާގެ ކަނޑުމަތީގައި އުޅެނިކޮށް ފެނުނު ފުޅިތަކެއްގައި ހުރި ގޮތް ނޭނގޭ އެއްޗެއް ބުއިމުގެ ސަބަބުން ސްރީލަންކާގެ ހަތަރު މަސްވެރިއަކު މަރުވެ، އިތުރު ދެ މަސްވެރިއަކު ހާލު ސީރިއަސް ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ލަންކާގެ އެ މަސްވެރިން މަސްވެރިކަން ކުރަން ނުކުމެ އުޅެމުން ދަނިކޮށް އެ ގައުމުގެ ދެކުނު އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ޓަންގައްލޭއާ ގާތްގަނޑަކަށް 320 ނޯޓިކަލް މޭލު ބޭރުން ފުޅިތަކެއް ފެނިގެން އެ ނެގި ކަމަށް މައުލޫމާތު ލިބެއެވެ.

ލަންކާގެ ނޭވީން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އެ ފުޅިތަކުން މަސްވެރިން ބުއީ މަސްތުވާތަކެތި އެކުލެވޭ ބުއިމެއް ކަމަށް ހީކޮށްގެން ކަމަށެވެ.

ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް ފިޝަރީޒް އެންޑް އެކުއެޓިކް ރިސޯސަސްގެ ޑިރެކްޓާ ޖެނެރަލް ސުސަންތާ ކަހަވައްޓެ ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަސްވެރިން ތިބި ބޯޓުގައި ތިބި މީހުނަށް ފަރުވާ ދިނުމަށް އެކަށީގެންވާ ވަގުތު ނެތުމުން ފުރަތަމަ ނޭވީން އެ މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މަސްވެރިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެހެން މީހުންނަށް ވެސް ބައެއް ފުޅިތައް ބަހާފައި ކަމަށެވެ.

އެ ފުޅިތަކުގައި ހުރި ތަކެތި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބަލަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.