ހޮސްޕިޓަލަަށް އަންނަނަމަ މާސްކު އެޅުމަށާ ރޯގާގެ އަލާމަތެއް ހުރިނަމަ މާސްކު އަޅައިގެން އުޅުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
އައިޖީއެމްއެޗްގެ ހައްޖު ކްލިނިކަަށް ދައްކާ ގިނަ ބައެއްގެ ކިބައިން ރޯގާގެ އަލާމަތްތައް ފެންނާތީ ކޮންމެހެން ބޭނުމެއް ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދާން އައިޖީއެމްއެޗުން އިލްތިމާސް ކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އައިޖީއެމްއެޗްގެ ހައްޖު ކްލިނިކަަށް ދައްކާ ގިނަ ބައެއްގެ ކިބައިން ރޯގާގެ އަލާމަތްތައް ފެންނާތީ ބައެއް ފިޔަވަޅުތައް އަޅާން އެދޭ ކަމަށެވެ.
އެގޮތުން ކޮންމެހެން ބޭނުމެއް ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށާއި އެއްވެސް ބޭނުމެއްގައި ހޮސްޕިޓަލަަށް ޒިޔާރަތް ކުރާނަމަ އަވަހަށް ގެއަށް ދިއުމަށާއި ހޮސްޕިޓަލްތެރޭ ގިނަ ބަޔަކު އެއްވެ ނޫޅުމަށެވެ.
އަދި ހޮސްޕިޓަލަަށް އަންނަނަމަ މާސްކު އެޅުމަށާ ރޯގާގެ އަލާމަތެއް ހުރިނަމަ މާސްކު އަޅައިގެން އުޅުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.