މިނިސްޓަރު ސައީދުގެ ޗައިނާ ދަތުރު؛ ޗައިނާ އިން ރާއްޖެއަށްދޭ އަހަންމިއްޔަތު ކަށަވަރުވި

މިނިސްޓަރު ޗައިނާއަށް ވަޑައިގެންނެވީ "ސަމާ ޑާވޯސް ފޯރަމް" ގެ ގޮތުގައި މަޝްހޫރު ކޮށްފައި އޮންން ވޯލްޑް އެކޮނޮމިކް ފޯރަމްގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޗައިނާގެ އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) ގެ ހެޑް ކުއާޓާސްއަށް ޒިޔާރަތް ކުރެއްވުން

ޗައިނާއަށް ކުރެއްވި ދަތުރުފުޅުން ޗައިނާ-ރާއްޖޭގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒު ކުރެއްވުމަށް އެ ގައުމުން ދެއްވާ އަހަންމިއްޔަތުކަން ފެނިވަޑައިގެންނެވި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޗައިނާއަށް ވަޑައިގެންނެވީ "ސަމާ ޑާވޯސް ފޯރަމް" ގެ ގޮތުގައި މަޝްހޫރު ކޮށްފައި އޮންން ވޯލްޑް އެކޮނޮމިކް ފޯރަމްގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއް ގައި ސައީދު ވިދާޅުވީ ޗައިނާގެ އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) ގެ ހެޑް ކުއާޓާސްއަށް ކުރެއްވި ޒިޔާރާތުގައި ވެދެއްވި އެހީތެރިކަމަށް ފާހަގަ ކުރައްވާ އެ ބޭންކުގެ މެނޭޖްމަންޓަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ވިދާޅުވީ ޗައިނާ-ރާއްޖޭގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒު ކުރެއްވުމަށް އެ ގައުމުން ދެއްވާ އަހަންމިއްޔަތުކަން ފެނިވަޑައިގެންނެވި ކަމަށެވެ.

މިނިސްޓަރު ވަނީ އިގްތިސޯދު ކުރި އަރުވައިދީ ތަރައްގީކޮށް ދިނުމުގައި ގައުމެއްގެ ސައިޒަށް ޗައިނާއިން ނުބަލާ ކަމަށާއި ދިވެހިރާއްޖެ އާއި ޗައިނާ ދެމެދު އޮތީ ތަރައްގީކޮށް ދިނުމުގެ ސާބިތު ގުޅުމެއް ކަމަށް ވިދާޅުވެފަ އެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އެންމެ ބޮޑު އިންސައްތައެއް އަދިވެސް އޮތީ ޗައިނާ އިން ކަން ފާހަގަ ކުރައްވާ ޗައިނާގެ އިތުރު ސިޓީތަކުން ރާއްޖެއިން ސީދާ ދަތުރުތައް ހުޅުވާލައި ވިޔަފާރި ފުޅާ ކޮށްފައިވާ ކަމަށް ފާހަގަ ކުރެއްވި އެވެ. އަދި މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.