މޫދުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 65 އަހަރުގެ މީހެކެވެ. އެއީ އެ ރަށު ނިޔަދުރުމާގެ އައިމިނަތު އުމަރެވެ.
މޫދުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 65 އަހަރުގެ މީހެކެވެ. އެއީ އެ ރަށު ނިޔަދުރުމާގެ އައިމިނަތު އުމަރެވެ.
ފުލުހުން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ. ފުލުހުން ބުނީ އެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ފުލުހުން ބުނީ އަންހެން މީހާ ހެލްތް ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފއިވާ ކަމަށެވެ. ދަނބިދޫ އިރުމަތީ ފަރާތު ކޯޒްވޭ ސަރަހައްދުން މޫދުގައި އޮޔާ ދަނިކޮށް އެ މީހާ ފެނުނީ ހަވީރު 4:55 ހާއިރު އެވެ.
ދަނބިދޫ ކައުންސިލުން ބުނި ގޮތުގައި އަންހެން މީހާ މަރުވެފައި އޮއްވާ ފެނުނީ ހަވީރު ފަހެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. އަދި އޭނާ މޫދަށް ދިޔައީ އަސުރު ވަގުތު ކަމަށެވެ. އާންމުކޮށް މޫދަށް ގޮސް ނޫޅޭ އެ އަންހެން މީހާ މަރުވަން މެދުވެރިވި ސަބަބެއް އަދި ނޭންގޭ ކަމަށް ވެސް ބުންޏެވެ.