އަމީރުގެ އިއުތިރާފު | ވެރިކަން ނިމުނުއިރު އެސްޑީއެފްގައި ނަގުދު ފައިސާއިން ހުރީ ދެ މިލިއަން ޑޮލަރު

އަމީރު ވިދާޅުވީ ފަސް އަހަރު އެސްޑީއެފްގެ ސައިޒު 7.5 ބިލިއަން ރުފިޔާއަށް ބޮޑުކުރެވުނެވެ. އަދި ފަންޑުގެ ފައިސާ ހުރީ ޓީބިލް ގަނެ ބޭންކުތަކުގެ ޑިޕޮސިޓް ކުރެވިފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު، ފަހަރަށް ދައްކާކުރާ ފަންޑު ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ނަގުދު ފައިސާ އިން ހުންނާނީ ދެ މިލިއަން ޑޮލަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއުތިރާފު ވެވަޑައިގެންފި އެވެ. 

މި ސަރުކާރުން މިދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި އިގްތިސޯދު މެނޭޖުކުރި ގޮތާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރު ނިމުނުއިރު އެސްޑީއެފްގައި ނަގުދު ފައިސާއިން ޑޮލަރުގެ ގޮތުގައި ހުންނާނީ ދެ މިލިއަން ޑޮލަރު ކަމަށެވެ. މި ސަރުކާރުން ވަނީ ހަތް މަސް ދުވަސް ނިމުނުއިރު އެސްޑީއެފް އަށް ޑޮލަރުން 54 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށާ ފަންޑުގެ ސައިޒު 8 ބިލިއަން ރުފިޔާ   އަށް ބޮޑުކޮށްފައިވާނެ ކަމަށެވެ. 

"ސަރުކާރުން އެ ފާހަގަ ކުރަނީ އެމްއެމްއޭގެ ޑޮލަރު އެކައުންޓް [އެސްޑީއެފް] ގައި ހުރި ދެ މިލިއަން ޑޮލަރު. ތެދެއް އެއީ. މިހާރު ސަރުކާރުން އެބަބުނޭ ސޮވްރިން ޑިޕޮޕްމަންޓް ފަންޑުގައި 54 މިލިއަން ޑޮލަރު ހުރިކަމަށް،" އަމީރު ވިދާޅުވި އެވެ. 

ފަންޑުގެ ސައިޒު 7.5 ބިލިއަން ރުފިޔާއަށް ބޮޑުކުރިން

ކޮވިޑުގެ ދުވަސްވަރު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަމީރު ވިދާޅުވީ ވެރިކަމަށް އައިއިރު ފަންޑުގައި ހުންނާނީ ނުވަތަ ފަންޑުގެ ސައިޒަކީ 1.5 ބިލިއަން ރުފިޔާ ކަމަށާ ނަމަވެސް ވެރިކަން ނިމުނުއިރު އެސްޑީއެއްގައި 7.5 ބިލިއަން ރުފިޔާ ހުންނާނެ ކަމަށެވެ. 

"ސޮވްރިން ޑިވްލޮޕްމަންޓުގެ ސައިޒަށް 5.1 ބިލިއަން ރުފިޔާ އިތުރުވި ފަސް އަހަރުގެ ތެރޭގައި. އަޅުގަނޑު ފާހަގަ ކުރީ ވެރިކަން ނިމުނުއިރު ހުންނާނީ 148 މިލިއަން ޑޮލަރު. އެއީ ބޭންކްތަކުގެ ފިކްސް ޑިޕޮސިޓް އާއި އާރުޑީސީ [ޓީބިލް ގަނެފަ]،" އަމީރު ވިދާޅުވި އެވެ. 

ސަރުކާރުން ބުނެފައިވާ ގޮތުގައި މި އަހަރު އެސްޑީއެފްގައި ބޮޑުކޮށް މި އަހަރު 100 މިލިއަން ޑޮލަރަށް މަތިކުރާނެ އެވެ. ބޮޑެތި ލޯނުތައް ދެއްކުމުގެ ގާބިލްކަން އިތުރު ކުރަން އުފައްދާ މި ފަންޑަށް މިހާރު ވަނީ ނަގުދު ފައިސާ ޖަމާކުރަން ފަށާފަ އެވެ. ބޭނުމަކީ 2026 ގައި އަންނަ ބޮޑު ލޯނާއި ކާރިސާގެ ވަގުތުގައި ބޭނުންކުރާނެ ފައިސާ ހޯދުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.