ވަގު ޓީޓީ ހެދި ޝިފާއު ނަލަހިޔާއަށް ދެ ލައްކަން ދޭން ޖެހިއްޖެ

ނަލަހިޔާ އިން އެދިފައިވާ ގޮތަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 12:00 ގެ ކުރިން 206،237 ރުފިޔާ އެ ކުންފުންޏަށް ދައްކާ ހަލާސް ކުރަން ހުކުމްކޮށްފައިވެ އެވެ.

ހުސެއިން ޝިފާއު ހޯދަން ފުލުހުން މީގެ ކުރިން ކުރި އިއުލާނުގައި އާންމުކުރި ފޮޓޯ

ވަގު ޓީޓީ ހެދި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ގިނަ ދައުވާތަކެއް ކޮށްފައިވާ ހުސައިން ޝިފާއުގެ މައްޗަށް، ނަލަހިޔާ ކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑަށް ދެ ލައްކަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމެއް ކޮށްފި އެވެ.

ގަތްގަނޑަކަށް 1.9 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ކުރާ ޝިފާއުއާ ދެކޮޅަށް ނަލަހިޔާ ކުންފުނިން ދައުވާ ކުރީ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމެންޓެއްގެ ކުއްޔާއި އެތަނުގެ ޔޫޓިލިޓީ ބިލުތައް ދައްކާފައި ނުވާތީ އެވެ.

ނަލަހިޔާގެ ފަރާތުން މައްސަލަ ހުށަހެޅުމުން މައްސަލައިގެ ލިޔެކިޔުންތަކާއި ދައުވާ ފޯމު އޭނާއަށް ރައްދު ކުރެވިފައެއް ނުވެ އެވެ. އޭނާ ހޯދަން އިއުލާނު ކޮށްގެން ވެސް މި މައްސަލައިގައި ކޯޓަށް ހާޒިރުވެފައި ނުވާތީ މައްސަލަ ނިންމާފައި ވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

ދައުވާގައި ނަލަހިޔާ ކުންފުނިން ބުނެފައި ވަނީ ނޮވެމްބަރު 1، 2021 ގައި ޝިފާއުއާ އެއްކޮށް އެކުންފުނިން ހަދާފައިވާ އެއްބަސްވުމާ އޭނާ ހިލާފުވެފައިވާ ކަމަށެވެ. އެގޮތުން، 2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ކުންފުންޏަށް ދެ ލައްކަ ރުފިޔާ ޝިފާއު ދޭން ޖެހޭނެ ކަމަށެވެ. އެ މުއްދަލުގައި ފެނާއި ކަރަންޓު ބިލުތައް ވެސް އޮތީ ނުދައްކަ އެވެ.

ނަލަހިޔާ އިން އެދިފައިވާ ގޮތަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 12:00 ގެ ކުރިން 206،237 ރުފިޔާ އެ ކުންފުންޏަށް ދައްކާ ހަލާސް ކުރަން ހުކުމްކޮށްފައިވެ އެވެ.

ޝިފާއު އަކީ އޭނާއާއި އިތުރު މީހަކާ ބައިވެރި ވެގެން ރަޖިސްޓްރީ ކޮށްފައިވާ "ކިންގްޑަމް އޮފް ފްރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލަތަކުގައި 23 ދައުވާއެއް އުފުލާފައިވާ މީހެކެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނިކޮށް ދާދި ފަހުން އޭނާ ވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކޮށްފަ އެވެ. ނަމަވެސް ހަމަ އެ ދުވަހު މަގާމުން ވަކިކޮށްފައިވެ އެވެ. ސަރުކާރުން ބުނެފައި ވަނީ އޭނާއަށް ސިޔާސީ މަގާމެއް ދެވުނީ އޭނާގެ ކްރިމިނަލް ރެކޯޑް ނުބަލައި ކަމަށެވެ. އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީން ކަން ވެސް ވަނީ ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.