ކެޓްރީނާ ބަނޑުބޮޑު ކަމަށް ދެކެވޭ ވާހަކައަށް ވިކީ ރައްދު ދީފި

ކެޓްރީނާ ކައިފް ބަނޑުބޮޑު ކަމުގެ ވާހަކަތައް ފެތުރުނީ ދާދި ފަހުން ވިކީ އާއި ކެޓްރީނާ ލަންޑަނުގައި ހިނގާފައި ދިޔަ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ.

ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް

ކެޓްރީނާ ކައިފް ބަނޑުބޮޑު ކަމަށް ދެކެވޭ ވާހަކަ ތަކަށް އޭނާގެ ފިރިމީހާ ވިކީ ކޯޝަލް ރައްދެއް ދީފި އެވެ. ވިކީގެ ކުރިއަށް އޮތް މަޖާ ފިލްމު "ބޭޑް ނިއުޒް" އަށް ތައްޔާރު ވަމުން އަންނައިރު، އޭނާވަނީ ކެޓްރީނާ ބަނޑުބޮޑު ކަމަށް ދެކެވޭ ވާހަކައާއި ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

ވިކީގެ އާ ފިލްމުގެ ޓްރެއިލާ ދައްކާލުމަށް ހުކުރު ދުވަހު ބޭއްވި ހަފްލާގައި މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެމުން ވިކީ ބުނެފައި ވަނީ ރަނގަޅު ވަގުތު ޖެހުމުން އެކަން އިއުލާން ކުރާނެ ކަމަށެވެ. ކެޓް ބަނޑުބޮޑު ވާހަކައަކީ ހަގީގަތެއްތޯ ސުވާލު ކުރުމުން ވިކީ ބުނެފައި ވަނީ މިވަގުތަށް "ބޭޑް ނިއުޒް" ބަލާލުމަށާއި ކެޓް ބަނޑު ބޮޑު ނަމަ އެކަން ހާމަ ކުރަން ރަނގަޅު ވަގުތުޖެހުމުން ހާމަކުރަން ލަދު ނުގަންނާނެ ކަމަށެވެ.

"ބޭޑް ނިއުޒް" ލޯންޗް ކުރުމަށް މުންބާއީގައި ބޭއްވި މި އިންވެޓުން ފިލްމުގެ ބަތަލާ ތުރިޕްތީ ޑިމްރީ އާއި އެމީ ވިރްކް އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ޑައިރެކްޓަރު އަނަންދު ތިވާރީ ވަނީ ފެނިގެން ގޮސްފައި ވެއެވެ.

"ބޭޑް ނިއުޒް" އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ސައިންޓިފިކް ހާލަތެއް ކަމަށްވާ ހީޓަރޯޕެޓާނަލް ސުޕަފެކުންޑަޝަންގެ ވާހަކަ ކިޔައިދޭ ކޮމެޑީ ފިލްމެކެވެ. "ގުޑް ނިއުޒް" ގެ ސީކުއެލް، މި ފިލްމު ސިނަމާތަކަށް އަންނާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. 

ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ 2021 ވަނަ އަހަރު ރާޖަސްތާނުގައި ބޭއްވި ބޮޑު ކައިވެނީގެ ހަފްލާއެއްގަ އެވެ. އޭނާ އެންމެ ފަހުން "ސޭމް ބަހާދުރު" އިން ފެނުނު އިރު ކެޓްރީނާ އެންމެ ފަހުން ފެނިގެން ދިޔައީ މެރީ ކްރިސްމަސް އިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.