މުސްލިމުން ކުރަން ބޭނުން ކަމެއް 48 ގަޑިއިރު ތެރޭގައި ކުރުމަށާއި އޭގެ ފަހުން އެތަނުގައި 1.5 ނުވަތަ 2 ލައްކަ މުސްލިމުން ވިޔަސް އެ އެންމެން މަރާލާނެކަމަށް އޭނާ ބުނެފައި ވެއެވެ.
އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ލީޑަރެއް ކަމަށްވާ ކަރްނައިލް ސިންގް ފުލުހުންގެ ކުރިމަތީގައި ދެ ލައްކަ މުސްލިމުން ކަތިލާނެ ކަމުގެ އިންޒާރު ދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން އެ ގައުމުގެ މައިނޯރިޓީ ކޮމިއުނިޓީގެ މުސްލިމުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިކަން ހިނގާފައި ވަނީ ނިއުދިއްލީގެ ސަންގަމް ވިހާރު ސަރަހައްދުގަ އެވެ.
މުސްލިމުން ކުރަން ބޭނުން ކަމެއް 48 ގަޑިއިރު ތެރޭގައި ކުރުމަށާއި އޭގެ ފަހުން އެތަނުގައި 1.5 ނުވަތަ ދެލައްކަ މުސްލިމުން ވިޔަސް އެ އެންމެން މަރާލާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
ސިންގްގެ މި ހަރުކަށި އިންޒާރާއި ގުޅިގެން އެ ސަރަހައްދުގެ މުސްލިމުން ވަނީ އެ މައްސަލަ ބަލައި ދިނުމަށް ޕޮލިހަށް ހުށަހަޅައި، އޭނާ ހައްޔަރު ކުރުމަށް ގޮވާލައި، އޭނާއާ ދެކޮޅަށް ގައުމީ ސަލާމަތާ ބެހޭ ގާނޫނު (އެންއެސްއޭ) ތަންފީޒު ކުރުމަށް އެދިފައެވެ.
ހަރުކަށި ހިންދޫ ފިކުރަށް ތާއީދުކުރާ ބީޖޭޕީ ވެރިކަމަށް އައުމަށް ފަހު މުސްލިމުންނާއި ނަސޯރާއިންނާއި އެހެން ދީންތަކުގެ މީހުނަށް ވެސް ވަނީ ފުރައްސާރަ އާއި ބިރުވެރިކަމާ ކުރިމަތިވެފަ އެވެ