އަނިޔާކޮށް ޖަމީލު މަރާލީ ކަމުގެ ތުހުމަތު، މައްސަލަ ތަހުގީގު ކުރަނީ

އެ މީހާއަށް އަނިޔާކޮށް މަރާލީ ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

މާފުށީ ޖަލު

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މިއަދު މަރުވި މީހާގެ މައްސަލަ ފުލުހުންގެ ތަހުގީގު ކުރަމުންދާ ކަމަަށް ބުނެފި އެވެ.

މަރުވެފައި ވަނީ ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލް (45އ) އެވެ.

ކަރެކްޝަނުން ބުނީ ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީފައިވާ ކަމަށާ އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. އަދި 12:45 ގައި ޑޮކްޓަރު ވަނީ ޖަމީލްގެ ހިތް ހުއްޓިގެން މަރުވި ކަމަށް ކަނޑައަޅާފައި ކަމަށެވެ.

ޖަމީލްކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އަދި އެއީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ބުންޏެވެ.

އެ މީހާއަށް އަނިޔާކޮށް މަރާލީ ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

އާއިލާ އިން ތުުހުމަތު ކުރާ ގޮތުގައި ޖަމީލަށް އަނިޔާކުރި މަންޒަރު އެތައް ބަޔަކަށް ވަނީ ފެނިފަ އެވެ. އަދި އަނިޔާ ކުރުމަށް ފަހު ފަރުވާ ނުދީ ވަނީ ބާއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.