ކަރެކްޝަންގެ 13 އޮފިސަރަކު ހައްޔަރު ކޮށްފި

ޖަލަށް މަސްތުވާތަކެއްޗާއި ފޯނާއި އެ ނޫން ބައެއް ތަކެތި އެތެރެކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 18 އޮފިސަރަކު ބައިވެރިވާ ކަމުގެ ތުހުމަތު ކުރެވި އެކަމާ ގުޅޭ ގިނަ ހެކިތަކެއް ލިބުމުން ފަށާފައިވާ ބޮޑު އޮޕަރޭޝަން ގައި މިހާތަނަށް 13 އޮފިސަރަކު ހައްޔަރު ކޮށްފައިވެ އެވެ.

މާފުށީ ޖަލު

ޖަލަށް މަސްތުވާތަކެއްޗާއި ފޯނާއި އެ ނޫން ބައެއް ތަކެތި އެތެރެކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 18 އޮފިސަރަކު ބައިވެރިވާ ކަމުގެ ތުހުމަތު ކުރެވި އެކަމާ ގުޅޭ ގިނަ ހެކިތަކެއް ލިބުމުން ފަށާފައިވާ ބޮޑު އޮޕަރޭޝަން ގައި މިހާތަނަށް 13 އޮފިސަރަކު ހައްޔަރު ކޮށްފައިވާ ކަމަަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން އާއި އެެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ބައިވެރިވެވަޑަައިގެން ބޭއްވި ކުއްލި ނޫސްވެރީންގެ ބައްދަލުވުމުގައި އެ ކަމުގެ ތަފްސީލް ވަނީ ހާމަކޮށްފަ އެވެ.

އެސިސްޓެންޓް ކޮމިޝަނަރު ޝަރީފް ވިދާޅުވި ގޮތުގައި ޖަލަށް މަސްތުވާތަކެތި އެތެރެކުރުމުގައި ކަރެކްޝަންގެ 18 އޮފިސަރަކު ބައިވެރިވާ ކަމުގެ ތުހުމަތު ކުރެވިފައިވެ އެވެ. އެ އޮފިސަރުންގެ އެކައުންޓަށް އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެކެއްގެ އެކައުންޓަށް މިދިޔަ އަހަރު 24 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. އަދި 18 މީހުންގެ އެކައުންޓަށް ޖުމްލަ 73 މިލިއަން ހަ ލައްކަ ރުފިޔާ ޖަމާވެފައިވެ އެވެ. މި އޮފިސަރުންގެ ތެރެއިން ހަ އޮފިސަރަކު މި އަހަރު ވަނީ ވަޒީފާ އިން ވަކިވެފަ އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި އެއިން ވަރަށް ގިނަ އޮފިސަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވަނީ ކުދި އަދަދުތަކުންނެވެ. ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރުމުގެ އޮޕަރޭޝަން މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެ މައްސަލާގައި މިހާރުވެސް ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ދެންމެ ބުނީ މިހާތަނަށް 13 އޮފިސަރަކު ހައްޔަރު ކޮށްފައިވާ ކަމަަށެވެ. އޭގެ ތެރެއިން؛ 

  •  ނުވަ މީހަކު ހައްޔަރު ކުރީ މާފުށިން
  •  ކާށިދޫ އިން ދެ މީހަކު ހައްޔަރު ކޮށްފައިވޭ
  •  އުތުރުގެ އުތީމުން މީހަކު ހައްޔަރު ކޮށްފައިވޭ
  •  މާލެ އިން ވެސް މީހަކު ހައްޔަރު ކުރި

އޭސީޕީ ޝަރީފު ވިދާޅުވި ގޮތުގައި ކަރެކްޝަންސްގެ އޮފިސަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވަނީ ޖަލުގައި ކުރިން ނުވަތަ މިހާރުވެސް ތިބި ގައިދީންގެ އަމިއްލަ އެކައުންޓުތަކުންނާއި، މާލޭގެ ކުށުގެ ވެށީގައި ހަރަކާތްތެރިވާ ބައެއް މީހުންގެ އެކައުންޓުތަކުން ކަމަށެވެ.

ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި މުވައްޒަފުންގެ އިތުރަށް، އެ މުވައްޒަފުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރި މީހުންވެސް ހޯދައި އެމީހުންނާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ކޯޓުތައް މެދުވެރިކޮށް އަޅާނެ ކަމުގައި ޝަރީފު ވިދާޅުވި އެވެ.


މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި ރިޝްވަތު ހިފުމަކީ އަދި ރިޝްވަތު ދިނުމަކީވެސް ކުށަކަށްވާތީ އެ ކުށަށް އަރައިގަނެ ޔުނިފޯމު އެޅި މުއައްސަސާތަކުގެ އިތުބާރު ގެއްލުވައިލާ ފަރާތްތަކާމެދު ގާނޫނުގެ އިމުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. 

  •  ޖަލަށް ޑްރަގާ ފޯނު ވައްދައިދޭ ބޮޑު ނެޓްވޯކެއް
  •  18 އޮފިސަރަކު ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ
  •  އެ މީހުންގެ އެކައުންޓްގައި 73 މިލިއަން ރުފިޔާ
  •  އެކެއްގެ އެކައުންޓްގައި 24 މިލިއަން ރުފިޔާ
  •  ހަ އޮފިސަރަކު މި އަހަރު ވަނީ ވަޒީފާއިން ވަކިވެފައި

ހޯމް މިނިސްޓަރާއި ފުލުހުން ވެސް ވަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅަން ޖެހޭ އެންމެންގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އެ ގޮތުން މިހާރު ހިދުމަތުން ވަކިވެފައިވާ އޮފިސަރުންނާއި ހިދުމަތުގައި ތިބި އޮފިސަރުންނާއި އެ މީހުންނަށް ފައިސާ ޖަމާކޮށްދިން މީހުންނާއި އެކަމުގައި އެކި ގޮތްގޮތުން ބައިވެރިވި މީހުންގެ މައްސަލަތައް ބަލާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.