އިމްރާން ދިރިއުޅުން ބެންކޮކަށް ބަދަލު ކުރައްވައިފި

އިމްރާންގެ ދިރިއުޅުއްވުން ބެންކޮކަށް ބަދަލު ކުރައްވާފައިވާ ކަން އޭނާގެ ގާތް ބައެއް ފަރާތްތަކުންނާއި އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ "ދަ މިރާ" އަށް ކަށަވަރު ކޮށް ދެއްވާފަ އެވެ.

ދަންނަ ބޭކަލެއް ކަމަށްވާ އިމްރާން އަބްދުﷲ އެމްޑީޕީގެ ކެމްޕެއިން ޖަލްސާ އެއް ގައި ވާހަކަފުޅު ދައްކަވަނީ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދިރިއުޅުއްވުން ބެންކޮކަށް ބަދަލު ކުރައްވައިފި އެވެ.

އިމްރާންގެ ދިރިއުޅުއްވުން ބެންކޮކަށް ބަދަލު ކުރައްވާފައިވާ ކަން އޭނާގެ ގާތް ބައެއް ފަރާތްތަކުންނާއި އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ "ދަ މިރާ" އަށް ކަށަވަރު ކޮށް ދެއްވާފަ އެވެ. އިމްރާން ފަހުން ކައިވެނި ބައްލަވައިގެންނެވި ފާތިމަތު ޔުމްނާ ކިޔަވާ ވިދާޅުވާން ހުންނެވީ ބެންކޮކު ގަ އެވެ. އެއީ ޕީއެޗްޑީއަށް ކިޔަވާން ވިދާޅުވާށެވެ.

އިމްރާނާކީ ނިމިދިޔަ ފަސް އަހަރު ހޯމް މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭނާގެ އަނބިކަނބަލުން ޔުމްނާ ވަނީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރައްވާފަ އެވެ. ނަމަވެސް ދައުރުގެ ވަކި ހިސާބަކުން މަގާމުން ވަކިވެވަޑައިގެން ކިޔަވާން ވިދާޅުވާން ބެންކޮކަށް ބަދަލުވެވަޑައިގަތެވެ.

އޭރު ކިޔަވާ ވިދާޅުވާން ރާއްޖެއިން ބޭރަށް ވަޑައިގަތީ ދައުލަތުން މުސާރަ އާއި އިނާޔަތް ލިބޭ މަގާމެއް ހަމަޖައްސައިގެން ކަން ކަމަށް ބުނެ މައްސަލައެއް ފެންމަތިވެ ފާޑުކިޔުން އަމާޒުވި އެވެ.

އިމްރާން ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފަ އެވެ. ފަހުން ވަނީ ނިމިގެންދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވެސް ވާދަ ކުރައްވާފަ އެވެ. މަކުނުދޫ ދާއިރާއަށް ވާދަ ކުރައްވާ އިންތިހާބުން ބަލިވެވަޑައިގަތީ އެވެ.

ދިރިއުޅުއްވުން ބެންކޮކަށް ބަދަލު ކުރެއްވި ނަަމަވެސް އަދާލަތުގެ ރައީސްގެ މަގާމުން އިމްރާން އިސްތިއުފާ އެއް ނުދެއްވަ އެވެ. ދެން އަމަލު ކުރައްވާނެ ގޮތެއް ސާފެއް ނުވެ އެވެ. އިމްރާން ރާއްޖެއިން ބޭރަށް މިވަޑައިގެންނެވީ ސިޔާސީ މައިދާނުގައި އޭނާއަށް އޮތް ހުރިހާ ފުރުސަތެއް ގެއްލި ސިޔާސީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައި ވަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.