މެންބަރުންގެ އިންޝުއަރެންސް ކަނޑައިލުމަށް އަޒާންވެސް ތާއީދު

ހަރަދު ކުޑަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ނަމޫނާ ދެއްކުމުގެ ގޮތުން އާސިއާނުގެ ބައެއް ގައުމުތަކުން މެންބަރުންނާއި މެންބަރުންގެ އާއިލާ ބޭފުޅުންނަށް މިހާރު ހަމަޖައްސައިދޭ ހެލްތު އިންޝުއަރެންސް މެދުކަނޑައިލުމަށް އަޒާން ގޮވައިލެއްވި

ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އަޒާން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އާއިލާތަކަށް ދެމުންދާ އިންޝުއަރެންސް ކަނޑައިލުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ތާއީދުކުރައްވައިފި އެވެ. 

އަޒާނުގެ އިތުރަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި އެ ޕާޓީގެ ނައިބު-ރައީސް އިބްރާހީމް ޝުޖާއުވެސް ވަނީ އިންޝުއަރެންސް ކަނޑައިލުމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ސަރުކާރުން މިހާރު ފަށާފައިވާ ހަރަދު ކުޑަކުރުމުގެ ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. 

މީސްމީޑިއާގައި އަޒާން ޝާއިއު ކުރެއްވި ޕޯސްޓެއްގަައި އޭނާ ވިދާޅުވެފައިވަނީ، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުަމށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަރަދު ކުޑަކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި މަޖިލީހުގެ މެންބަރުންވެސް ނަމޫނާ ދައްކަވަންޖެހޭ ކަމަށެވެ. 

ހަރަދު ކުޑަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ނަމޫނާ ދެއްކުމުގެ ގޮތުން އާސިއާނުގެ ބައެއް ގައުމުތަކުން މެންބަރުންނާއި މެންބަރުންގެ އާއިލާ ބޭފުޅުންނަށް މިހާރު ހަމަޖައްސައިދޭ ހެލްތު އިންޝުއަރެންސް މެދުކަނޑައިލުމަށް އަޒާން ގޮވައިލެއްވި އެވެ. 

އަޒާން ވިދާޅުވެފައިވަނީ އާންމު ރައްޔިތުންނަށް ނުލިބޭ މެޑިކަލް އިންޝުއަރެންސްއެއް ދައުލަތުގެ ހަރަދުގައި ރައްޔިތުންގެ މެންބަރުންނަށް ލިބެން ނުޖެހޭ ކަމަށެވެ. 

މަޖިލީހުގެ ކޮންމެ މެންބަރަކަށް މެޑިކަލް އިންޝުއަރެންސްގެ ޕްރިމިއަމްގެ ގޮތުގައި ކަނޑައަޅާފަައި އޮންނަނީ އަހަރަކަށް 24،000 ރުފިޔާ އެވެ. އެ ފައިސާ ހަމަޖައްސަނީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުންނެވެ. މިހާރު މެންބަރުން ތިއްބެވި އަދަދަށް ބަލާނަމަ އެއީ އަހަރަކަށް ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާ އެވެ. 

މެޑިކަލް އިންޝުއަރޭންސްގެ އިތުރަށް މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައާއި އިނާޔަތްތައް ބޮޑުކަން އާންމުން އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން މެންބަރުންނަށް ލިބޭ ލިވިން އެލަވެންސާއި ކޮމިޓީ އެލަވަންސް ކަނޑައިލުމަށްވެސް ގިނަ ބަޔަކު ގޮވައިލަމުންދެ އެވެ. 

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތު ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މުވައްޒަފުންގެ މުސާރައާއި ޕެންޝަނާއި އިނާޔަތްތަކަށް ކުރާ ހަރަދު ކުޑަކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފަ އެވެ. އެ މަސައްކަތުގެ ތެރެއިން މިހާރުވެސް ފާއިތުވި އަހަރަށްވުރެ ދައުލަތުގެ ރިކަރަންޓު ހަރަދުތައްވަނީ ކުޑަކުރެވިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.