ހެލްތު މިނިސްޓްރީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިވަގުތު ރާއްޖޭގައި މި ބަލި ފެތުރެމުން ނުދާ ކަމަށެވެ. ވެކްސިން ޖަހަން ޖެހޭފަދަ ހާލަތެއް ނެތް ނަމަވެސް ހައި ރިސްކު ގުރޫޕުތަކުން ބަލީގެ ވެކްސިން ޖަހަން ޖެހޭނެ ކަމަށް ހެލްތުން ބުނެފައިވެ އެވެ.
މެނިންގޮކޯކޮލް ބަލި ރާއްޖޭގައި ފެތުރެމުން ނުދާ ކަމަށާއި އާންމުން ވެކްސިން ޖަހަން ޖެހޭފަދަ ހާލަތެއް ނެތް ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިވަގުތު ރާއްޖޭގައި މި ބަލި ފެތުރެމުން ނުދާ ކަމަށެވެ. ވެކްސިން ޖަހަން ޖެހޭފަދަ ހާލަތެއް ނެތް ނަމަވެސް ހައި ރިސްކު ގުރޫޕުތަކުން ބަލީގެ ވެކްސިން ޖަހަން ޖެހޭނެ ކަމަށް ހެލްތުން ބުނެފައިވެ އެވެ.
އެގޮތުން، އުމްރާ ނުވަތަ ހައްޖަށް ދާ މީހުންނާއި މަތީ ދަރަޖައެއްގައި މެނިންގޮކޯކޮލް ބަލި އުޅޭ ގައުމުތަކަށް ދަތުރުކުރާ މީހުން ވެކްސިން ޖަހަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެޏެވެ. އަދި ވަކި ހާލަތްތަކެއް މެދުވެރިވެގެން ވެސް މި ވެކްސިން ޖަހަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
މިއީ ރާއްޖޭގައި އުޅޭ ބައްޔެއް ނޫނެނެވެ. ނަމަވެސް މި ބަލި ރާއްޖޭން ފެނިފައި ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު އައި މަޝްހޫރު ފުޓްބޯޅާ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ގެ ގައިންނެވެ. އެ ބަލީގައި ވަރަށް ބޮޑަށް ހާލު ސީރިއަސްވުމަށްފަހު އޭނާ ވަނީ މިދިޔަ އަންގާރަ ދުވަހު ނިޔާވެފަ އެވެ.
އެޗްޕީއޭ އިން ވަނީ ބަކާއާ ކޮންޓެކްޓްވީ މީހުން ޓްރޭސް ކުރުމަށްފަހު އެމީހުންނަށް ބޭސް ދޭން ފަށައިފަ އެވެ.
މެނިންގޮކޯކޮލް އަކީ ނުރައްކާތެރި ބައްޔެކެވެ. އެއީ ގާއިން ގަޔަށް އަރާ ބައްޔެއް ވެސް މެ އެވެ. ބަލީގެ އެންމެ ބޮޑު އެއް އަލާމާތަކީ ހަށިގަނޑުގެ އެކި ތަންތަން ނޫފައިގެންފައި ހުންނަ ގޮތަކަށް ހުރުމެވެ. މީގެ އިތުރުން ގަދައަށް ހުން އައުމާއި ގައިގައި ރިއްސުން ފަދަ އަލާމަތްތައް ހުރެ އެވެ.
މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނެވެ. އާންމު ގޮތެއްގައި ބަލިޖެހިފައިވާ މީހާ އާއި އެކުގައި ގިނަ ވަގުތު ހޭދަކުރުމުން ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ބަލީގެ އަލާމާތްތައް ފެންނަން ފަށާނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދު އެވެ. މިއީ ވެކްސިން ޖަހައިގެން ރައްކާތެރިވެވޭ ބައްޔެކެވެ.