އެމްއޭސީއެލްއިން ހުރަވީގެ ހުނަރުވެއްސަށް ތަކެތި ހަދިޔާކޮށްފި

ހުނަރުވެއްސަކީ އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ގާއިމްކުރި ތަނެކެވެ. އެތަނުގައި މިވަގުތު 33 ދަރިވަރަކު ތަމްރީން ޕްރޮގްރާމްތައް ހާސިލްކުރެ އެވެ.

އެމްއޭސީއެލް އިން ވަނީ ހުނަރުވެހިއަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްފަ -- ފޮޓޯ: އެމްއޭސީއެލް

"ހުނަރު ވެހި" ވޮކޭޝަނަލް ހަބަށް ބޭނުންވާ ބައެއް ތަކެތި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހަދިޔާ ކޮށްފި އެވެ. ހުރަވީ ސްކޫލުގައި ގާއިމް ކޮށްފައިވާ ހަބެކެވެ.

ހުނަރުވެހި ގާއިމްކޮށްފައި ވަނީ އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުންނެވެ.  އެމްއޭސީއެލްއިން ހަދިޔާކޮށްފައި ވަނީ ހުނަރުވެހީގައި ކުރިޔަށް ގެންދާ ތަމްރީނުތަކުގައި ބޭނުންކުރާ ތަކެއްޗެވެ. 

ހުނަރު ވެއްސަކީ ރާއްޖޭގެ ތައުލީމީ ނިޒާމްގެ ތެރެއިން އުފެއްދުންތެރިއަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައި ދިނުމަށްމަގުފަހިކުރުމުގެ ގޮތުން ހުޅުވި ތަނެއް ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ. 

ހުނަރު ވެހީގައި މިހާތަނަށް ތަފާތު އެކި ދާއިރާތަކުން ދަރިވަރުން ދަނީ ގައުމީފެންވަރުގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތައް ފުރިހަމަ ކުރަމުން ކަމަށް އެކުންފުނިން މައުލޫމާތުދެ އެވެ.  

މިވަގުތު ހުނަރުވެހީގައި ކިޔަވަމުންދާ  18 ދަރިވަރަކު ދަނީ އިލެކްޓްރިކަލްއިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ކޯސް އަދި 15 ދަރިވަރަކު ދަނީ ފަހަންދަސްކުރުމުގެ ސެޓްފިކެޓް ލެވެލެ 3ގެ ކޯސް ފުރިހަމަ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.