އަރުޖުންގެ އުފަންދުވަހު ޕާޓީން މަލައިކާއެއް ނުފެނުނު

އުމުރުގެ ގޮތުން ތަފާތު ބޮޑު މި ދެ ތަރިންގެ ގުޅުން ވެގެން ދިޔައީ ގިނަ ބައެއްގެ ސަމާލުކަމާއި ފާޑުކިޔުން ވެސް ލިބުނު ގުޅުމަކަށެވެ.

މަލައިކާ އާއި އަރުޖުން: އުމުރުގެ ގޮތުން ތަފާތު ބޮޑު މި ދެ ތަރިންގެ ގުޅުން ވެގެން ދިޔައީ ގިނަ ބައެއްގެ ސަމާލުކަމާއި ފާޑުކިޔުން ވެސް ލިބުނު ގުޅުމަކަށް

އަރުޖުން ކަޕޫރާއި މަލައިކާގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވާއިރު، އަރުޖުންގެ އުފަން ދުވަސް ފާހަގަ ކުރަން ބޭއްވި ޕާޓީއަށް މަލައިކާ އަރޯރާއެއް ނުދެ އެވެ.

ބުދަ ދުވަހު 39 އަހަރު ފުރުނު އަރުޖުންގެ އުފަން ދުވަސް ފާހަގަ ކުރަން އޭނާގެ ގޭގައި އާއިލާ އާއި ގާތް މީހުނަށް ވަނީ ޕާޓީއެއް ބާއްވާފަ އެވެ. އެ ޕާޓީއިން ބޮލީވުޑްގެ ބައެއް ތަރިން ފެނިގެން ދިޔަ އެވެ. އެގޮތުން ވަރުން ދަވަން އާއި ކޮއްކޮ ޖާންވީ ކަޕޫރާއި އަދިތުޔަ ރޯއީ އާއި މަހީޕް ކަޕޫރު ފެނިގެން ގޮސްފައި ވެއެވެ. ނަމަވެސް މި ޕާޓީއިން އަރުޖުން ލޯބީގެ ގޮތުން ގިނަ އަހަރުތަކެއް ވަންދެން ގުޅިގެން އުޅުނު މަލައިކާ އަރޯރާ ނުފެނުމުން މީޑިއާއިން އެކަން ފާހަގަކޮށް ވަނީ ރިޕޯޓް ކޮށްފަ އެވެ.

ދާދި ފަހުން ވަނީ މި ދެ ތަރިންގެ ގުޅުން ނިމުމަކަށް ގެނެސްފައި ވާކަމުގެ ހަބަރުތައް ފެތުރެން ފަށާފަ އެވެ. ނަމަވެސް މަލައިކާގެ މެނޭޖަރު އެ ވާހަކަތައް ދޮގު ކުރެ އެވެ. މި ދެ ތަރިން ވަކިވެފައިވާ ކަމަށާއި މިކަމާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ދެ މީހުން ބޭނުން ނުވާކަމަށް މި އަހަރުގެ މެއި މަހު ވެސް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ. 

އުމުރުގެ ގޮތުން ތަފާތު ބޮޑު މި ދެ ތަރިންގެ ގުޅުން ވެގެން ދިޔައީ ގިނަ ބައެއްގެ ސަމާލުކަމާއި ފާޑުކިޔުން ވެސް ލިބުނު ގުޅުމަކަށެވެ.

އަރުޖުން ކަޕޫރު އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ބަތަލާ ބޫމީ އާއެކު "ދަ ލޭޑީ ކިލާ" އިން ނެވެ. ދެން އެންމެ އަވަހަށް އަރުޖުން ފެނިގެން ދާނީ ރޯހިތު ޝެޓީގެ "ސިންގަމް އަގެއިން" ގައެވެ. މި ފިލްމަކީ މަޝްހޫރު ގިނަ ތަރިން ހިމެނޭ ފިލްމެކެވެ. އެގޮތުން އަޖޭ ދޭވްގަން އާއި ދިޕިކާ ޕަޑްކޮން އާއި ރަންވީރް ސިންގާއި ކަރީނާ ކަޕޫރު އަދި ޓައިގާ ޝްރޮފް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.