އުތުރު ކޮރެއާގެ މިސައިލެއް ގޮއްވާލާފައިވާ ކަމަށް ދެކުނު ކޮރެއާއިން ބުނެފި

އުތުރު ކޮރެއާއިން އެންމެ ފަހުން މިސައިލް ފޮނުވާލާފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. މިފަހަރު މިސައިލް ފޮނުވާލާފައިވަނީ ކޮރެއާ ހަނގުރާމަ ފެށިތާ 74 އަހަރު ފުރުނުތާ އެއް ދުވަސް ފަހުންނެވެ.

ނޯތު ކޮރެއާއިން ކުރިން ބޭއްވި ޑްރިލްގައި އުދުއްސި މިސައިލްތައް

އުތުރު ކޮރެއާއިން އެގައުމުގެ އިރުމަތީ އައްސޭރި ފަށުން ހައިޕަސޮނިކް މިސައިލެއް ކަމަށް ބެލެވޭ މިސައިލެއް ޓެސްޓްކުރި ނަމަވެސް، އެ މިސައިލް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެފި އެވެ. 

ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ވިދާޅުވީ މި މިސައިލް ފޮނުވާލާފައިވަނީ އުތުރު ކޮރެއާގެ ވެރިރަށް ޕިއޮންޔޮން ކައިރިން ކަމަށެވެ. ޖަޕާނުގެ ދިފާއީ ވުޒާރާއިން ބުނީ މިސައިލް ދަތުރުކުރީ ގާތްގަނޑަކަށް 100 ކިލޯމީޓަރު (62 މޭލު) އުސްމިނަށް ކަމަށާއި 200 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއަކަށް ކަމަށެވެ.

ދެކުނު ކޮރެއާ، އެމެރިކާ އަދި ޖަޕާނުގެ އިސް އޮފިޝަލުން ފޯނު ކޯލެއް ބާއްވައި، އުތުރުގެ މި އަމަލަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގިނަ ގަރާރުތަކާ ހިލާފު އަދި މި ސަރަހައްދުގެ ސުލްހަމަސަލަސްކަމާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް އެ އަމަލު ކުށްވެރިކޮށްފައި ވެއެވެ.

އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑުން ވެސް ވަނީ އެކަން ކުށްވެރިކޮށް، ޣައިރު ގާނޫނީ އަދި ހަމަނުޖެހުން އުފެދޭ ފަދަ އަމަލުތައް އިތުރަށް ނުކުރުމަށް ޕިޔޮންގްޔޮންއަށް ގޮވާލާފައެވެ.

ދެކުނު ކޮރެއާ އާއި އެމެރިކާގެ ވައިގެ ސިފައިން ބުނީ އަހަރަކު އެއްފަހަރު ބާއްވާ ބަޑީ ސްކޮޑްރަން ތަމްރީނުކުރުމުގެ ގޮތުން އެފް-22 އަދި އެފް-35 ސްޓެލްތު ފައިޓާ ބައިވެރިކޮށްގެން ޖޮއިންޓް އެކްސަސައިޒްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ދެކުނު ކޮރެއާގެ މެރިން ކޯޕްސް އިން އުތުރު ކޮރެއާގެ މެރިޓައިމް ބޯޑަރު ކައިރީގައި ވަކިވަކިން ފަޔަރިން ޑްރިލްތަކެއް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ ކުރީކޮޅު ސޯލް އިން އިންޓަ ކޮރެއާގެ އަސްކަރީ އެއްބަސްވުމެއް އުވާލި ފަހުންނެވެ. މި ޑްރިލްތައް އިއުލާނުކުރީ މިދިޔަ ޖޫން މަހުގެ ކުރީކޮޅު އެވެ.

އުތުރު ކޮރެއާއިން އެންމެ ފަހުން މިސައިލް ފޮނުވާލާފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. މިފަހަރު މިސައިލް ފޮނުވާލާފައިވަނީ ކޮރެއާ ހަނގުރާމަ ފެށިތާ 74 އަހަރު ފުރުނުތާ އެއް ދުވަސް ފަހުންނެވެ.

ދެކުނު ކޮރެއާ އާއި ޖަޕާނާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީނުތަކުގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ އުޅަނދެއް ބޭނުންކުރުމުން އުތުރު ކޮރެއާއިން މި ހަފުތާގައި ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި، އުތުރުން ވަރުގަދަ، އާ ޑެމޮންސްޓްރޭޝަނެއް ބާއްވާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މިދިޔަ ހަފުތާގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ ބައްދަލު ކުރައްވާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފަ އެވެ. ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހި ކުރުމާއި ގުޅިގެން ސޯލް، ވޮޝިންޓަން އަދި ޓޯކިޔޯއިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.