ކޮންމެ އަހަރަކު ވެސް ހައްޖު މޫސުން ނިމުމާ އެކު ފުލޫ ކްލިނިކް ގާއިމު ކުރެ އެވެ. ހައްޖުވެރީން އަންނަން ފެށުމާ އެކު ތަފާތު ރޯގާތައް ފެތުރުން އިތުރުވެ އެވެ.
ސަރުކާރު ހޮސްޕިޓަލް -- އައިޖީއެމްއެޗުން ބުނީ ހައްޖުގެ އަޅުކަން އަދާކުރުމަށް އެނބުރި އަންނަ ހުރިހާ އެންމެންނަށް ހާއްސަކޮށް ފުލޫ ކްލިނިކެއް އެ ހޮސްޕިޓަލް ގައި ހުޅުވާފައިވާ ކަމަށެވެ.
ކްލިނިކްގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން ލިބޭނެ ކަމަށް ބުންޏެވެ. އެ ގޮތުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ދޭނެ އެވެ.
ކޮންމެ އަހަރަކު ވެސް ހައްޖު މޫސުން ނިމުމާ އެކު ފުލޫ ކްލިނިކް ގާއިމު ކުރެ އެވެ. ހައްޖުވެރީން އަންނަން ފެށުމާ އެކު ތަފާތު ރޯގާތައް ފެތުރުން އިތުރުވެ އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އިއްޔެ ވަނީ ނިޔާވެފަ އެވެ. އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ބަކާ ނިޔާވީ ނުރައްކާތެރި މެނިންގޮކޯކޮލް ބަލީގައި އެވެ.