ސަރުކާރު ޔަގީންކަމާއެކު؛ މާލީ އިސްލާހުތަކާއެކު ފިޗުގެ ރޭޓިން މަތިވާނެ

ފިނޭންސް މިނިސްޓްރީން ބުނީ މާލީ އިސްލާހީ އެޖެންޑާ ކެބިޓެނުން ފާސްކޮށްފައިވާ ކަމަށެވެ. އަދި މި ފިޔަވަޅުތަކާއެކު ފިޗުގެ ރޭޓިން ރަނގަޅުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ފިނޭންސް މިނިސްޓަރު ޝަފީގު އަދި އޮފް ފިނޭންސްގެ ނައިބު އަޙްމަދު ސާއިދު މުސްޠަފާ -- ފިނޭންސް

ރާއްޖޭގެ ދަރަނި މަތިވުމުގެ ސަބަބުން ފިޗުން ރާއްޖެ އަށް ދިން ރޭޓިން މިވަގުތު ދަށްކުރިނަމަވެސް ސަރުކާރުން މިހާރު ފަށާފައިވާ މާލީ އިސްލާހީ އެޖެންޑާގެ ސަބަބުން ރާއްޖޭގެ ރޭޓިން މަތިވެދާނެ ކަމުގެ އިޝާރާތެއް ފިޗުން ދީފައިވާ ކަމަށާ އެއީ ޔަގީން ކަމެއް ކަމަށް ސަރުކާރުން ބުނެފި އެވެ. 

ދުނިޔޭގެ އެންމެ ބޮޑު ރޭޓިން އެޖެންސީ ފިޗުން މިއަދު ވަނީ މިދިޔަ އަހަރު ރާއްޖެ އަށް ދިން ރޭޓިން "ބީ ނެގެޓިވް" ގެ ރޭޓިން އިން "ސީސީސީ ޕްލަސް" އަށް ދަށްކޮށްފަ އެވެ. 

ފިޗުގެ ރޭޓިންއާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން ބުނީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ސަބަބުތަކުގެ ތެރޭގައި ދިގު މުއްދަތުގެ ބޭރު ފައިސާގެ ދަތިތަކާއި ދަރަނީގެ ސަބަބުންނެވެ. އަދި މި ރޭޓިން ދީފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރިއަށް ގެންދިޔަ ރޭޓިން ރިވިއުއަށް ފަހު ރޭޓިން އައުޓްލޫކް ސްޓޭބަލް އިން ނެގެޓިވް އަށް ބަދަލުވުމާ ގުޅިގެން ކަމަށް ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ނަމަވެސް މި ސަރުކާރުން ފަށާފައިވާ މާލީ އިސްލާހީ މިހާރުގެ ރޭޓިންތައް ޕޮޒިޓިވް ނުވަތަ މައްޗަށް ބަދަލުވެދާނެ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށެވެ. ސަރުކާރުން ވަނީ މާލީ އިސްލާހުގެ އެޖެންޑާ ކެބިނެޓުން ފާސްކޮށްފަ އެވެ. މި އިސްލާހުތަކުގެ މަގުސަދަކީ މެދު މުއްދަތުގައި މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ސަރުކާރުގެ ހަރަދުތައް އެއްކޮށް، ސަރުކާރުގެ އާމްދަނީ އިތުރުކުރުމެވެ. 

ސަރުކާރުން ވަނީ އާސަންދަ ރިފޯމްއާއި ހަރަދު ކުޑަކުރުން އަދި އެސްއޯއީ ރިފޯމްގެ ފަދަ މާލީ ދާއިރާ އިސްލާހު ކުރުމުގެ ބޮޑު މަސައްކަތް ތަކެއް ފަށާފަ އެވެ. 

ފިޗުގެ ރޭޓިން ދަށްކުރި ސަބަބު - ރާއްޖޭގެ އިޝުއާ ޑެފޯލްޓް ރޭޓިން  'ސީސީސީ+' އަށް ދަށްކުރި ސަބަބަކީ ރާއްޖޭގެ ބޭރުގެ ފައިނޭންސިން އަދި ލިކުއިޑިޓީ ހާލަތު ރަނގަޅު ނުވުމެވެ. މިއާއެކު ރާއްޖޭގެ ރިޒާވް ދަށްވުމާއި ބޭރުގެ ދަރަނި މަތިވުމަކީވެސް ސަބަބެކެވެ. އަދި މިއާއެކު އާ ސަރުކާރަށް ދަރަނި ދެއްކުމުގައި ކުރިމަތިވާނެ ގޮންޖެހުންތަކުގެ ސަބަބުން 2025 އާއި 2026 ވަނަ އަހަރު ބޭރުގެ ރީފައިނޭންސިންއަށް ގޮންޖެހުންތައް ހުރުންވެސް މިއީ ސަބަބެކެވެ. މީގެ އަނެއް ސަބަބަކީ ރިޒާވް ދަށްވުމެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން 748 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ރިޒާވް މެއި މަހުގެ ނިޔަލަށް ވަނީ 492 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. މި ދަށްވުން އައިސްފައިވަނީ އިންޑާއިން ހެދި ކަރަންސީ ސްވޮޕްގެ ސަބަބުނެވެ. 

ފިޗުން އެންމެފަހުން ރާއްޖޭގެ ސޮވެރިން ކްރެޓިޑް ހަދާފައިވާ ފިޗުން ރާއްޖެ އަށް ދީފައިވާ ރޭޓިން "ބީ ނެގެޓިވް" އެވެ. އެފަހަރު ދިނީ "ސްޓޭބަލް" އެވެ. އެ ރޭޓިން ނެރުނީ 18 އޮކްޓޫބަރު 2022 ގަ އެވެ. ނަމަވެސް އެފަހަރުވެސް ރާއްޖޭގެ ދަރަނި މަތިވުމާއި ރިޒާވް ދަށްވުން ފާހަގަ ކުރި އެވެ. ރާއްޖޭގެ ރޭޓިން "ބީ ނެގެޓިވް" ގައި ދަހަމައްޓައި ނެގެޓިިވް ރޭޓިން ދިން ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ދަރަނީގެ ކުރު އަދި ދިގު މުއްދަތުގެ ދަރަނީގެ މައްސަލަ އާއި ރިޒާވް ދަށްވުން ވެސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.