މޯބައިލް ހިދުމަތް ފުޅާކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރެއްވުމަށް އާދަމް ޝަރީފު ޗައިނާއަށް

މިނިސްޓަރު ވިދާޅުވީ މި ދަތުރުފުޅުގައި ޗައިނާގައި 5-ޖީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ މަޝްވަރާކޮށް އެ ހިދުމަތް ފޯރުކޮށްދޭ ގޮތާ ގުޅޭ މުހިއްމު މައުލޫމާތުތައް ހޯދޭނެ ކަމަށެވެ.

ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް

ރާއްޖޭގެ މުވާސަލަތީ ހިދުމަތް ފުޅާކުރުމުގެ ގޮތުން މޯބައިލް ހިދުމަތާ ގުޅޭ މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކަ ބޭހ މިނިސްޓަރު އާދަމް ޝަރީފު އުމަރު ޗައިނާއަށް ފުރާވަޑައިގެންފި އެވެ. 

ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ ދަތުރުފުޅުގެ މައުލޫމާތު ދިނުމަށް މިނިސްޓްރީން އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި އާދަމް ޝަރީފު ވިދާޅުވީ ޓެލެކޮމިއުނިކޭޝަން ދާއިރާ އިތުރަށް ތަރައްގީ ކުރެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ. 

އަދި އެމަނިކުފާނު ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް ފައިދާވާނެހެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ޓެލެކޮމިއުނިކޭޝަން ދާއިރާ ފުޅާކުރުމަށް މޯބައިލް ހިދުމަތް އިތުރަށް ރަނގަޅުކުރުމާ ގުޅޭ ގޮތުން އެ ދަތުރުފުޅުގައި މަޝްވަރާކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. 

މޯބައިލް ހިދުމަތް ފުޅާކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވުމާއެކު މިނިސްޓަރު ވިދާޅުވީ މި ދަތުރުފުޅުގައި ޗައިނާގައި 5-ޖީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ މަޝްވަރާކޮށް އެ ހިދުމަތް ފޯރުކޮށްދޭ ގޮތާ ގުޅޭ މުހިއްމު މައުލޫމާތުތައް ހޯދޭނެ ކަމަށެވެ. 

"ޗައިނާގައި 5-ޖީ މޯބައިލް ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ކުރިއަރާފައިވާ ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކާއި، އެ ހިދުމަތް ފޯރުކޮށްދޭ ގޮތާ ބެހޭ މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭނެ މަޝްވަރާ ބައްދަލުވުންތަކެއް ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ. 

އަދި ޗައިނާގައި ބާއްވާ މި ބައްދަލުވުންތަކުން ލިބޭ މައުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ މުވާސަލާތީ ހިދުމަތުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ މުހިއްމު މައުލޫމާތު ލިބި އެ މައުލޫމާތުގެ މައްޗަށް އެ ދާއިރާ ކުރިއަރުވަން މުހިއްމު މަސައްކަތްތަކެއް ކުރުމަށް ފުރުސަތު ފަހިވާނެ ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.