ސްޓޭޓް މިނިސްޓަރު ޝަމްނާޒު ހައްޔަރުކޮށްފި

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝަމްނާޒު ހައްޔަރުކޮށްފައި ވަނީ ރައީސް މުއިއްޒުއަށް ސިހުރު ހަދާފައިވާ މައްސަލައެއްގަ އެވެ. އެނގިފައިވާ ގޮތުގައި ޕީއެންސީ ޖަގަހަ ހުޅުވި ރަސްމިއްޔާތުން ވެސް އޭނާ ވަނީ އެކަހެރިކޮށްފަ އެވެ.

އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް

ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ހައްޔަރުކޮށްފި އެވެ. 

ޝަމްނާޒްގެ އިތުރުން ދެ މީހަކު ހައްޔަރުކޮށްފައި ވާކަމަށާއި، އެމީހުން ހައްޔަރުކުރީ އާދީއްތަ ދުވަހު ކަމަށް މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ ބުނެފަ އެވެ. ޝަމްނާޒް އާއި އޭނާއާ އެކު ހައްޔަރުކުރި ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ. 

ޝަމްނާޒް ހައްޔަރުކުރީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ބައެއް ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި އޭނާ ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަމާޒުކޮށް ސިހުރު ހެދި މައްސަލައެއްގަ އެވެ. 

ޝަމްނާޒް ދިރިއުޅެމުން އަންނަ ގެ ދާދި ފަހުން ފުލުހުން ވަދެ ބަލައި ފާސްކުރިކަން އެނގިފައި ވެއެވެ. މިވަގުތު ކައިވެނިބައްލަވައިގެން ނޫޅުއްވާ ޝަމްނާޒް ހައްޔަރުކުރި އިރު ތިން ދަރިން އެބަ ތިއްބެވެ. 

މީގެ ކުރިން އޭނާ މަސައްކަތްކުރެއްވީ ރިޔާސީ ގަނޑުވަރު މުލީއާގޭގަ އެވެ. އެންވަޔަރަމެންޓު މިނިސްޓްރީއަށް އޭނާ ބަދަލުކުރެއްވީ ދާދި ފަހުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.