ޕަރިނީތީގެ އެންމެ ފަހުގެ ފިލްމަށް 16 ކިލޯ ބަރުވާން ޖެހުނު

އޭނާ ބުނިގޮތުގައި މިފަދަ ބަދަލެއް ހަށިގަނޑަށް ގެންނަން ކެރޭނީ މަސައްކަތަށް ވަރަށް ލޯބިކުރާ ފިލްމަށް އެމީހެއްގެ ފުރިހަމަ އެއްބާރުލުން ދެވޭނެ މީހަކަށް ކަމަށެވެ.

ޕަރިނީތީ ޗޯޕްރާ

"އަމަރް ސިންގް ޗަމްކިލާ" އިން ބެލުންތެރިންގެ ތައުރީފު އޮހެމުންދާ ޕަރިނީތީ ޗޯޕްރާ ވަނީ، އެ ފިލްމަށް 16 ކިލޯ ބަރުދަން އިތުރު ކުރުމާއި ގުޅޭގޮތުން ދާދިފަހުން ވާހަކަ ދައްކާފައެވެ.

އިމްތިޔާޒް އަލީ އެންމެ ފަހުން ގެނެސްދިން ނެޓްފްލިކްސްގެ ހިޓް ފިލްމު "އަމަރް ސިންގް ޗަމްކިލާ" ގައި އަމަރްޖޮތު ކޯރްގެ ރޯލުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޕަރިނީތީ ޗޯޕްޅާ ވަނީ އެތައް ބައެއްގެ ހިތްތައް ހޯދާފަ އެވެ. އޭނާގެ އެކްޓުކުރުމަށް ތައުރީފު ލިބުނު އިރު، ބައެއް މީހުންވަނީ އޭނާގެ ބަރުދަން އިތުރުވެ ހަށިގަނޑު ތަފާތުވުމުން ވަރަށް ބޮޑަށް ފާޑުވެސް ކިޔާފަ އެވެ. 

ރިޕޯޓްތައް ބުނާ ގޮތުން އަމަރްޖޮތުގެ ރޯލަށް ފުރިހަމައަށް ފިޓްވުމަށް ޕަރިނީތީ ވަނީ ޖުމްލަ 16 ކިލޯ ބަރުދަނަށް އިތުރުކޮށްފަ އެވެ. މި ފިލްމަށް ލިބުނު ކާމިޔާބީއަށް ފަހު ޕަރިނީތީ ވަނީ އޭނާގެ ބަރުދަން އިތުރުކުރި ވާހަކަ އެންމެ ފަހުން ހާމަކޮށްފަ އެވެ. "އިންޑިއާ ޓުޑޭ" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ފިލްމީ ރޯލަކަށް ބަރުދަން އިތުރުކުރަން ކެރޭނީ ވަރަށް މަދު ބަތަލާއިންނަށް ކަމަށެވެ.

ޕަރިނީތީ ބުނީ ދެވަނަ ވިސްނުމަކާ ނުލައި ޗަމްކިލާއަށް 100 ޕަސެންޓް ދިން ކަމަށެވެ. އަދި މި ފިލްމަށް 16 ކިލޯ ބަރުވާން ޖެހުނު ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނިގޮތުގައި މިފަދަ ބަދަލެއް ހަށިގަނޑަށް ގެންނަން ކެރޭނީ މަސައްކަތަށް ވަރަށް ލޯބިކުރާ، ފިލްމަށް އެމީހެއްގެ ފުރިހަމަ އެއްބާރުލުން ދެވޭނެ މީހަކަށް ކަމަށެވެ.

އަދި މި ފިލްމަށް އެކަނި އޭނާ ދެ އަހަރު ހޭދަކުރި ކަމަށާއި ސެޓްގައި ލައިވްކޮށް ލަވަ ކިޔައި އޭނާގެ ލަވަ ފިލްމުގައި ބޭނުންކޮށްފައި ވުން ފަދަ ތަފާތު މަސައްކަތްތައް ދިލްޖީތާއި ދެމީހުން މި ފިލްމުގައި ކުރި ކަމަށާއި މީ ފިލްމްގެ ޕްރޮޑިއުސަރު އިމްތިޔާޒް އަލީ އެމީހުނަށް ދިން ހިތްވަރާއި ޔަގީންކަމުގެ ސަބަބުން ކާމިޔާބު ކުރެވުނު ކަންކަން ކަމަށް އޭނާ ބުންޏެވެ.

ޕަރިނީތީ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ރާގަވް ޗައްދާއާއި ކައިވެނި ކޮށްފައެވެ. ޕަރިނީތީ ވަނީ ޗަމްކިލާގެ ކާމިޔާބީއަށް ފަހު ޗުއްޓީ ނަގައިގެން 15 ދުވަހުގެ ބްރޭކަކަށް ގޮސް ފިރިމީހާ އެކު ވަގުތު ހޭދަކޮށްފައި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.