އައްޑޫ ފޭދުން ގެއްލުނު ބިދޭސީއެއް މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އޭނާ ހަބަރުނުވެގެން ހޯދަމުން ދަނިކޮށް މިއަދު ހެނދުނު 9:40 ހާއިރު އޭނާ ފެނުނީ މޫދުން ކަމަށާއި، ފެނިގެން އެކަން ފުލުހަށް އަންގާފައިވާ ކަމަށް އެ އިދާރާއީން މައުލޫމާތު ދިނެވެ.

އައްޑު އަތޮޅު ފޭދޫ

އައްޑޫ ސިޓީ ފޭދޫން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީއެއް މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ. 

ފުލުހުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި މޫދުގައި އޮއްވައި ފެނުނު ބިދޭސީ މީހާއަކީ މިއަދު ހެނދުނު ކުނި އުކައިލަން ދިއުމަށްފަހު ހަބަރެއް ނުވެގެން ހޯދަމުން އައި މީހެކެވެ. 

އޭނާ ހަބަރުނުވެގެން ހޯދަމުން ދަނިކޮށް މިއަދު ހެނދުނު 9:40 ހާއިރު އޭނާ ފެނުނީ މޫދުން ކަމަށާއި، ފެނިގެން އެކަން ފުލުހަށް އަންގާފައިވާ ކަމަށް އެ އިދާރާއީން މައުލޫމާތު ދިނެވެ. ގެއްލުނު މީހާގެ ހަށިގަނޑުގައި އަނިޔާގެ އަލާމާތްތަކެއް ހުރި ކަމަށް ފުލުހުން ނުބުނެ އެވެ. 

އެމީހާ މޫދުން ނަގައިގެން ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ. 

ފުލުހުން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އެ އިދާރާއިން މިހާރު ބަލަމުންދާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.