ކުރީން ރާއްޖޭގައި ވަނީ ވެރިކަމުގެ ނިޒާމެއް ކަނޑައަޅަން ވޯޓް ނަގާފަ އެވެ. އެ ވޯޓް ގައި ބަރުލަަމާނީ ނިޒާމެެއް ގެންނަން ތާއީދުކުރީ އެމްޑީޕީން އެކަންޏެވެ. އޭރު އެމްޑީޕީގައި އޮތީ ނަޝީދުގެ ބާރުވެރި ކަމެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީ އެނބުރެންވީ ބަރުލަމާނީ ގެނައުމުގެ އަމާޒަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ޕާޓީގެ ކުރީގެ ރައީސް މުހައްްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެންމެ އަސާސީ އެއް އުސޫލަކީ ރައްޔިތުންނަށް ފައިދާހުރި ވެެރިކަމެއް ހިންގޭނީ ޕާލިމަންޓަރީ ސިސްޓަމް -- ބަރުލަމާނީ ނިޒާމަކުން ކަމަށް ދެކޭ ދެކުން ކަމަަށެވެ. އަދި ވިދާޅުވީ ޕާޓީގެ އޮނިގަނޑު ރޭވިފައި ވަނީ ވެސް އެ ހަމައަށް ކަމަށެވެ.
"[އެމްޑީޕީ] އަދި ވެސް އެނބުރެންވީ އެ [ބަރުލަމާނީ ގެނައުމުގެ] މިސްރާބަށް،" އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ އެކްސް ގައި ކުރެއްވި ޕޯސްޓް ގައި ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދަކީ މިހާރު ދަ ޑިމޮކްރެޓްސްގެ މެންބަރެކެވެ. އެމްޑީޕީގެ ލީޑާޝިޕާ ވަރަށް ބޮޑަށް ހިޔާލުތަފާތުވެ ނަޝީދާ އެމަނިކުފާނުގެ ވަފާތެރި މެންބަރުން ޕާޓީން ވަކިވެވަަޑައިގަތީ އެވެ. ރައީސް ސޯލިހްގެ ވެރިކަމުގައި ނަޝީދު އެންމެ ބޮޑަށް ކުރެއްވި މަސައްކަތްޕުޅަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލެއްވުމެވެ. ނަމަވެސް ރައީސް ސޯލިހް އިސްވެ ހުންނަވާ އެމްޑީޕީގެ ލީޑާޝިޕުން ނަޝީދަށް އެ ފުރުސަތެއް ނުދެެއްވި އެވެ.
ކުރީން ރާއްޖޭގައި ވަނީ ވެރިކަމުގެ ނިޒާމެއް ކަނޑައަޅަން ވޯޓް ނަގާފަ އެވެ. އެ ވޯޓް ގައި ބަރުލަަމާނީ ނިޒާމެެއް ގެންނަން ތާއީދުކުރީ އެމްޑީޕީން އެކަންޏެވެ. އޭރު އެމްޑީޕީގައި އޮތީ ނަޝީދުގެ ބާރުވެރި ކަމެވެ.
އޭރު އޮތް އެހެން ހުރިހާ ޕާޓީތަކާއި ސިޔާސީ ލީޑަރުންގެ ތާއީދު އޮތީ ރިޔާސީ ނިޒާމަށެވެ. އަދިވެސް އެކަން އޮތީ އެގޮތަަށެވެ.
އެމްޑީޕީގެ ލީޑާޝިޕްގައި ވެސް މިވަގުތު ތިއްބެވީ ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ. ބަރުލަމާނީއަަށް ތާއީދު ކުރަނީ ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ އެކަންޏެވެ. ޑިމޮކްރެޓްސް އަކީ ސިޔާސީ މައިދާނުގައި މިވަގުތު އެންމެ ވިދުން ކުޑަ ޕާޓީ އެވެ. ސަރުކާރުގައި / މަޖިލީހުގައި ވެސް އެ ޕާޓީގެ އެއްވެސް ބައިވެރިވުމެެެއް ނެތެވެ.