އާރިފްއާ ކްލޯސް ކޮންޓެކްޓުންނަށް ބޭސް ދޭން ފަަށައިފިން: އެޗްޕީއޭ

ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ބަލަނީ ބަލިމީހާއާ އެކު އެއް ގެއެއްގައި އުޅުނު މީހުންނާއި ބަލި މީހާއާއެކު މަތިންދާބޯޓް ގައި ނުވަތަ ބަހުގައި ވަރަށް ގިނައިރު އުޅުނު މީހުންނާއި ބަލި މީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަަށް ހުށައެޅިފައިވާ މީހުންނެވެ.

އާރިފަަށް ފަރުވާ ދިން އޭޑީކޭ ހޮސްޕިޓަލް

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް ކޮންޓެކްޓް ޓްރޭސިންގް ހަދާ ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށާފައިވާ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) މިއަދު ވަނީ ނިޔާވެފަ އެވެ.

އާރިފް ނިޔާވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ. ބަލީގެ ވައިރަސް އެރީ ހައްޖުގެ އަަޅުކަމުގައި ސައުދީގައި އުޅެނިކޮށް ކަމަށް ބެލެވެ އެވެ.

އެޗްޕީއޭ އިން ބުނީ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް ކޮންޓެކްޓް ޓްރޭސިންގް ހަދާ ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށާފައިވާ ކަަމަށެވެ. 

ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ބަލަނީ ބަލިމީހާއާ އެކު އެއް ގެއެއްގައި އުޅުނު މީހުންނާއި ބަލި މީހާއާއެކު މަތިންދާބޯޓް ގައި ނުވަތަ ބަހުގައި ވަރަށް ގިނައިރު އުޅުނު މީހުންނާއި ބަލި މީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަަށް ހުށައެޅިފައިވާ މީހުންނެވެ.

ބަލީގެ އަލާމަތްތައް:

  •  ބޮލުގައި ރިއްސުން
  •  ކަނދުރާ ވާންވުން
  •  މޭނުބައިކޮށް ހޮނޑުލެވުން
  •  ވާނުވާ ނޭންގުން
  •  ގައިގައި ރަތްބިހި / ލައްތަކެއް ނެގުން
  •  ފިޓް ޖެހުން
  •  އަލި ގަދަވުމުން އުނދަގޫވުން
  •  ވަރުދެރަވުން
  •  ނޭވާ އަވަސްވުން

އެޗްޕީއޭ އިން ވަނީ ‏މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ މީހުން ނުވަތަ ވެކްސިން ޖެހުމަށް ފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ މީހުންގެ ތެރެއިން މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމު ކަމަށް ބުނެފަ އެވެ.

‏މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދޭ ކަމަށާ މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި މި ބަލިން ރައްކާތެރިވުމަށް މަދުވެގެން ދެ ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.