އާރިފްގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި، ވަޅުލުން ގަލޮޅު ސަހަރާގައި

މިހާރު ވަނީ ފަތިސް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަށުނަމާދު ކުރުން ކުރިއަށް ގެންދަން ނިންމާފަ އެވެ. މޫނު ދެއްކުން އޮތީ ވެސް މަރުކަޒުގަ އެވެ. ވަޅުލާނީ ގަލޮޅު ސަހަރާގަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ)

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ގެ ޖަނާޒާ މިރޭގެ ފަތިސް ނަމާދަށް ފަހު ބޭއްވުމަށް ނިންމައިފި އެވެ.

އާރިފް ނިޔާވީ މިއަދު ހަވީރު އެވެ. ހައްޖުގެ އަޅުކަމުން އައި ފަހުން ވަރަށް ބޮޑަށް ބަލިވެ ހާލު ދެރަވެ އޭޑީކޭގައި ފަރުވާ ދޭން ފެށީ ރޭގެ ވަގުތެއްގަ އެވެ. އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ނުރައްކާތެރި މެނިންގޮކޯކޮލް ބަލީގައި އެވެ.

އާރިފްގެ ޖަނާޒާ ބޭއްވުމަަށް ފުރަތަމަ ނިންމީ މިރޭ ފަތިސް ނަމާދަށް ފަހު މަސްޖިދު ޒައިދުބިން ސާބިތު -- ސަހަރާ މިސްކިތުގަ ގަ އެވެ.

ނަމަވެސް މިހާރު ވަނީ ފަތިސް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަށުނަމާދު ކުރުން ކުރިއަށް ގެންދަން ނިންމާފަ އެވެ. މޫނު ދެއްކުން އޮތީ ވެސް މަރުކަޒުގަ އެވެ.

ވަޅުލާނީ ގަލޮޅު ސަހަރާގަ އެވެ.

އާރިފްގެ ކުއްލި ވަކިވުމާއެކު މުޅި ރާއްޖެއަށް ވަނީ ފުން ހިތާމައެއް ލިބިފަ އެވެ. ގައުމުގެ އެންމެ އިސްވެރިންނާއި ވަރަށް ގިނަ ބަޔަކު އޭނާ އަށް ހެޔޮ ދުއާކޮށް އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. އާރިފް ފާހަގަ ކުރެވިފައި ވަނީ ކުޅިވަރުގެ ދަނޑުގައި ވަރަށް އަހްލާގު ރަނގަޅު މޮޅު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ދީނީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިން ކުޅުންތެރި އެކެވެ.

ދިވެހި ފުޓްބޯޅަ ކުޅުންތެރީންގެ މެދުގައި ދީނަށް ހާއްސަ ލޯތްބެއް އުފެދުމުގައި އާރިފްގެ ދައުރު ވަރަށް ބޮޑެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.