ކޯޕަރޭޝަނުން މިހެން ބުނެފައި މިވަނީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) މެނިންގޮކޯކޮލް ބަލީގައި މިއަދު ނިޔާވުމާއި ގުޅިގެންނެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ އެންމެން ޓްރެވަލް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ އެންމެން ވެސް ވަނީ ސައުދީ ހައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާއި އެއްގޮތަށް ފުރުމުގެ ކުރީން ފުރިހަމަ ކުރަން ޖެހޭ ޓްރެވަލް ވެކްސިން ކަމުގައިވާ ޕޯލިއޯ އާއި މެނިންޖައިޓިސް އަދި އިންފްލެންޒާ ވެކްސިން ފުރިހަމަ ކޮށްފައި ކަމަށެވެ.
ކޯޕަރޭޝަނުން މިހެން ބުނެފައި މިވަނީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) މެނިންގޮކޯކޮލް ބަލީގައި މިއަދު ނިޔާވުމާއި ގުޅިގެންނެވެ. ބަކާ، ހައްޖުގެ އަޅުކަމަށް ދިޔައީ ސައުދީ ރަސްގެފާނު ދެއްވާ ހާއްސަ ފުރުސަތުތަކުގެ ތެރެއިން ލިބުނު ފުރުސަތެއް ގަ އެވެ.
ބަކާ ނިޔާވީ އެ ބަލީގައި ދަ މިރާއަށް ވަނީ ޔަގީން ކުރެވިފަ އެވެ.
އެނގިފައިވާ ގޮތުގައި ބަކާގެ ޓެސްޓްތަކުން އޭނާގެ ގައިގައި މެނިންގޮކޯކޮލް ހުރިކަން ވަނީ އެެނގިފަ އެވެ. ޓެސްޓްތަކުގެ ނަތީޖާ ލިބުނީ މިއަދު މެންދުރު ފަހު އެވެ.
ހެލްތް މިނިސްޓްރީގެ އިސް ބޭފުޅަކު ވެސް ވަނީ ރާއްޖެ އިން މެނިންގޮކޯކޮލް ކޭހެއް ފެނިފައިވާ ކަން މިރާއަށް ޔަގީން ކޮށްދީފަ އެވެ. އެކަމާއި ގުޅިގެން ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.