ބަކާ ނިޔާވެއްޖެ

ބަކާގެ ހާލު ދެރަވެ އައިސީޔޫ ގައި ފަރުވާ ދޭން ފަށާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެނގިފައިވާ ގޮތުގައި ފަހުން ފަރުވާ ދިނީ ވެންޓިލޭޓަރު ގަ އެވެ. ނިޔާވީ މީގެ ކުޑައިރުކޮޅެއްގެ ކުރީން އޭޑީކޭ ގަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ)

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އުމުރުން 38 އަހަރުގައި މިއަދު ނިޔާވެއްޖެ އެވެ.

ބަކާގެ ހާލު ދެރަވެ އައިސީޔޫ ގައި ފަރުވާ ދޭން ފަށާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެނގިފައިވާ ގޮތުގައި ފަހުން ފަރުވާ ދިނީ ވެންޓިލޭޓަރު ގަ އެވެ. ނިޔާވީ މީގެ ކުޑައިރުކޮޅެއްގެ ކުރީން އޭޑީކޭ ގަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ބަކާ، ސައުދީއަށް ދިޔަ އެވެ. ބަކާ ހައްޖުގެ އަޅުކަމަށް ދިޔައީ ރަސްގެފާނު ދެއްވި ހާއްސަ ފުރުސަތުގެ ދަށުންނެވެ. ހައްޖުގެ އަޅުކަމަށް ފަހު އައީ މީގެ ދެތީން ދުވަސް ކުރީންނެވެ. އައި އިރުވެސް އޭނާގެ ސިއްހީ ހާލަތު ރަނގަޅު ނޫނެވެ. ވަގުތުން ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދި އެވެ.

ފަރުވާއަށް ފަހު ފުރަތަމަ ދޫކޮށްލި ނަމަވެސް އަލުން ހާލު ދެރަވެގެން އެޑްމިޓް ކުރީ އެވެ. 

ބަކާ އަކީ ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަރު ޖެނެރަލް ފާތިމަތު ފިލްޒާގެ ފިރިކަލުންނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.