މިޔަރުގެ ހަމަލާއެއްގައި ޕައިރޭޓްސް އޮފް ދަ ކެރީބިއަންގެ އެކްޓަރު މަރުވެއްޖެ

ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމު "ޕައިރޭޓްސް އޮފް ދަ ކެރީބިއަން: އޮން ސްޓްރޭންޖާ ޓައިޑްސް" ގައި ޕެރީ ކުޅެފައި ވަނީ ބުކެނިއާ އެއްގެ ރޯލެވެ.

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އެކްޓަރު ޓަމަޔޯ ޕެރީ

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އެކްޓަރު ޓަމަޔޯ ޕެރީ ހަވާއީގައި ސާފް ކުރަމުން ދަނިކޮށް މިޔަރުގެ ހަމަލާއެއްގައި މަރުވެއްޖެ އެވެ.

އުމުރުން 49 އަހަރުގެ ޕެރީ މަރުވެފައި ވަނީ މިދިއަ އާދީއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށް ހޮނޮލުލުގެ އިމަޖެންސީ ސާވިސަސް އިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ކަށަވަރު ކޮށްދީފަ އެވެ. ލައިފްގާޑެއްގެ ގޮތުގައި ވެސް އުޅުނު ޕެރީ ޕެރަމެޑިކްސްއިން ޖެޓްސްކީގައި އެއްގަމަށް ގެނައި އިރު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމު "ޕައިރޭޓްސް އޮފް ދަ ކެރީބިއަން: އޮން ސްޓްރޭންޖާ ޓައިޑްސް" ގައި ޕެރީ ކުޅެފައި ވަނީ ބުކެނިއާ އެއްގެ ރޯލެވެ. 

ދެހާސް އެގާރަ ވަނަ އަހަރު ޖޯނީ ޑެޕް އާއެކު ފެނިގެންދިޔަ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕެނެލޯޕް ކްރޫޒް އާއި ޖެފްރީ ރަޝް ހިމެނެ އެވެ. ޕެރީ ވަނީ ލޮސްޓް، ހަވާއީ ފައިވް-0، ބްލޫ ކްރަޝް އަދި ޗާލީސް އެންޖަލްސްގެ ސީކުއެލް ފުލް ތްރޮޓްލްގައި ވެސް ރޯލްތައް ކުޅެ، އަދި ކޮކާކޯލާގެ މަޝްހޫރު އިޝްތިހާރަކުން ވެސް ފެނިގެން ގޮސްފަ އެވެ.

ޕެރީ ޕްރޮފެޝަނަލްކޮށް ސާފިން ކުރަމުން އަންނަތާ 10 ވަރަކަށް އަހަރު ވެފައި އެވެ. އެކްޓިން ހޮނޮލުލު އޯޝަން ސޭފްޓީޗީފް ކާޓް ލެގާ ވިދާޅުވީ ޕެރީއަކީ އެންމެން ވެސް ލޯބިވާ ލައިފްގާޑެއް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.