ކޮންމެ ހޫނު މޫސުމެއްގައި ވެސް އިންޑިއާގެ އެތައް މިލިއަން ބަޔަކަށް ފެނުގެ ދަތިކަން ކުރިމަތިވަނީ ދަނޑުތަކާއި އޮފީސްތަކާއި ގޭގޭގައި ފެން ބޭނުންކުރާ މިންވަރު ބޮޑުތަނުން މަތިވެގެނެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ބޯފެން އިތުރު ކޮށްދިނުމަށް ގޮވާލައި ދިއްލީގެ ވަޒީރަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފައްޓަވައިފި އެވެ. ހައިހޫނުގެ ހަޅުތާލުގައު އެކަމަނާއަށް ވަނީ ސިއްހީ މައްސަލަތަކާވެސް ކުރިމަތިވެފައެވެ.
ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރައްވާތާ ހަތަރުވަނަ އަށްވީ ދުވަހު ދިއްލީގެ ފެނާ ބެހޭ މިނިސްޓަރު އާތިޝީ ވިދާޅުވީ އެ ސިޓީގައި 2.8 މިލިއަން މީހުން އެބަތިބި ކަމަށާއި އެ މީހުން ތިބީ ފެން ނުލިބި ވަރަށް ހާލުގައި ކަމަށެވެ. ކޮންމެ ހޫނު މޫސުމެއްގައި ވެސް އިންޑިއާގެ އެތައް މިލިއަން ބަޔަކަށް ފެނުގެ ދަތިކަން ކުރިމަތި ވަނީ ދަނޑުތަކާއި އޮފީސްތަކާއި ގޭގޭގައި ފެން ބޭނުން ކުރާ މިންވަރު ބޮޑުތަނުން މަތިވުމުން ކަމަށެވެ.
ދިއްލީގެ ފެނުގެ ގިނަ ބޭނުންތަކަށް ވެރިރަށް ދިއްލީން ދައުރު ވަމުންދާ ފެން ކޯރަށް ބަރޯސާވެފައި ވީ ނަމަވެސް ހޫނު މޫސުމުގައި އެ ކޯރުގެ ފެންގަނޑު ހިކި ދަތިތަަކާ ކުރިމަތިވެ އެވެ. މިކަމާއި ގުޅިގެން އެ ސަރަހައްދުތަކުގެ ރައްޔިތުން މުޒާހަރާކޮށް ފެން ފޯރު ކޮށްދޭނެ ރަނގަޅު އިންތިޒާމުތައް ހަމަޖައްސައިދީ ފެން ރައްކާތެރި ކުރުމަށް ގޮވާލަ އެވެ.
މިނިސްޓަރު އާތިޝީ ވަނީ އަވަށްޓެރި ދަނޑުވެރިކަން ކުރާ ސްޓޭޓެއް ކަމަށްވާ ހަރްޔާނާއިން ކޯރުގެ ފެނުގެ ބޮޑު ބައެއް ބޭނުން ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. ވިހި މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދިއްލީއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ޕްލޭން ނުކޮށް ތަރައްގީ އިތުރު ވަމުން ދާއިރު، 1994 ވަނަ އަހަރުން ފެށިގެން ކޯރުތަކުން އެ ސިޓީއަށް ފެން ދޫކުރާ މިންވަރަށް ބަދަލެއް ނާންނަ ކަމަށް ތިންކް ޓޭންކް ސެންޓާ ފޯ ސައިންސް އެންޑް އެންވަޔަރަންމަންޓްގެ ވޯޓާ ޕްރޮގްރާމްގެ ޑިރެކްޓަރު ޑިޕިންދަރު ކަޕޫރު ވިދާޅުވި އެވެ.
މޫސުމީ ވިއްސާރައިގައި ފަޅުތައް އަލުން ދިރުވައި، ކޯރުން ފެން ބޭރުވާ މިންވަރު ރައްކާކޮށް، ބިންގަނޑުގެ ފެންގަނޑު ރަނގަޅު ކުރުމުގެ ޕްލޭންތައް ދިއްލީ ސަރުކާރުން ކުރާ އިރު، އޮފިޝަލުން ވިދާޅުވަނީ ހޫނު މޫސުމުގެ ދަތިކަމަކީ މި ފިޔަވަޅުތަކުން އަރައިގަންނަން އުނދަގޫ ކަމަށެވެ.