ތޮއްޖެހުން ކުޑަކުރަން "މާލެ ފަހި ޕްރޮގްރާމް" ފަށަން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމު ގައި ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.

މިއަދުގެ ކެބިނެޓްގެ ބައްދަލްވުން

ތޮއްޖެހުން ކުޑަކުރަން "މާލެ ފަހި ޕްރޮގްރާމް" ފަށަން ސަރުކާރުން ނިންމައިފި އެވެ.

މި ޕްރަގްރާމަކީ ގްރޭޓާ މާލެ ސަރަހައްދު ގައި މަގުމަތީ ގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރަގްރާމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ ޕްރަގްރާމް ކުރިއަށް ގެންދަން ޓްރާސްޕޯޓް މިނިސްޓްރީން ހުށަހަޅުއްވާފައިވާ "މާލެ ފަހި ޕްރޮގްރާމް" އާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު ދެއްވާފައިވާ ލަފާފުޅުތަކާއި އެއްގޮތަށް އެ ޕްރޮގްރާމް ތަންފީޒު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމު ގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.

އަދި އިއްޔެގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "މާލެ ފަހި ޕްރޮގްރާމް" އާއި ގުޅޭގޮތުން ކަމާ ބެހޭ އިދާރާތަކުގެ މެދުގައި ޓައިމްލައިންތައް ހިމެނޭ ގޮތަށް އެކްޝަން ޕްލޭންއެއް އެކުލަވާލައިގެން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމަވާފައި ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.