އިޔާޝް އާއިލާއާ ގުޅައިފި، ޒިހާންގެ ހަބަރެއް ނުވޭ

ފުލުހުން ބުނީ އިޔާޝް އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށެވެ. ހާލު ރަނގަޅު ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ. އާއިލާއަށް ހަބަރެއް ނުވެ މިހާ ގިނަ ދުވަހު އިޔާޝް އުޅުނީ ކޮންތާކު ކަމެއް ނުބުނެ އެވެ.

އިޔާޝް (ކ) ޒިހާން (ވ)

އާއިލާއަށް ހަބަރެއް ނުވެގެން ހޯދަން އިއުލާނު ކުރި ޏ. ފުވައްމުލަކު ސިޓީ / ދިގުވާޑް އެފްރޯ، އަހްމަދު އިޔާޝް ވަސީމް އާއިލާއަށް ގުޅާފައިވާ ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 24 އަހަރުގެ އިޔާޝްގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާ އިން ރިޕޯޓް ކުރުމުން އޭނާ ހޯދަމުންދާ ކަން ހާމަކޮށް އިޔާޝްގެ ފޮޓޯއާ ވަނަވަރު އާންމުކުރީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އިޔާޝްގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރީން -- މި މަހުގެ 14 ވަަނަ ދުވަހު ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ދެންމެ ބުނީ އިޔާޝް އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށެވެ. އަދި ހާލު ރަނގަޅު ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ. އާއިލާއަށް ހަބަރެއް ނުވެ މިހާ ގިނަ ދުވަހު އިޔާޝް އުޅުނީ ކޮންތާކު ކަމެއް ނުބުނެ އެވެ.

މާލޭން 18 އަހަރުގެ މީހަކު ގެއްލިގެން ހޯދަން ވެސް ވަނީ އިއުލާނު ކޮށްފަ އެވެ. ފުލުހުން ބުނީ ހ. ބްލޫސްކޫޕް ހުސައިން ޒިހާން (18އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޒިހާން މިހާރު އުޅެނީ ހ. ބްލޫޑްރީމް ގައެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖޫން 21 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ބުންޏެވެ.

ޒިހާންއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މިދިޔަ ހަފްތާގައި ކުޑަ އަންހެން ކުއްޖަކު ވެސް ގެއްލިގެން ހޯދަން އިއުުލާނު ކުރި އެވެ. އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ ފެނުނީ ހަބަރެއް ނުވާތާ ހަ ދުވަސް ފަހުންނެވެ.

އޭގެ ކުރީން އިތުރު ޒުވާނަކު ވެސް ގެއްލިގެން ވަނަވަރު އާންމުކުރި އެވެ. އެ ޒުވާނާ ފެނުނީ ފަޅުގެއެއްގެ ތެރޭގައި މަރުވެފައި އޮއްވަ އެވެ. އެހެން ޒުވާނަކު ވެސް ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ އެ ހަފްތާގެ ކުރީކޮޅު ފެނުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.