ކަނޑު ދަތުރުގެ ސިނާއަތުގެ ބޮޑު ފޯރަމްގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް

މެއިން އިންޑަސްޓްރީގެ މި ފޯރަމް އޮންނާނީ އަންނަ މަހުގެ ވަނަ ދުވަހު މީރުމާ ހޯލްގަ އެވެ. މި ފޯރަމްގައި އެލައިޑުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ޑީއެމްޑީ ހުސެއިން ސަވާދު އެވެ،

ކަނޑުދަތުރު ފަތުރާއި ގުޅުންހުރި ދާއިރާގެ ފަރާތްތަކަށް ބާއްވާ އެންމެ ބޮޑު އިވެންޓުގެ އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރަންސު މި އަހަރު ވެސް ހަމަޖައްސައިފި އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯގެ ނަމުގައި ބާއްވާ މި އިވެންޓަކީ އަހަރަކު އެއް ފަހަރު ބާއްވާ އިވެންޓެކެވެ. މި އިވެންޓުގެ ތެރޭގައި އޮންނަ ފޯރަމްގައި ރާއްޖޭގެ ލީޑިން އިންޝުއަރާގެ ހައިސިއްޔަތުން ދާއިރާ އަށް ދޭ އަހަމިއްޔަތުގެ ތެރެއިން މި އަހަރުގެ މެރިން އިންޑަސްޓްރީ ފޯރަމްގެ ޕެނަލް ޑިސްކަޝަންގައިވެސް ބައިވެރިވުމަށް އެލައިޑުން ދަނީ ތައްޔާރުވަމުންނެވެ.

އެލައިޑުގެ ފަރާތުން މި ޕެނަލްގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ އެލައިޑް އަންޑަރރައިޓިން ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖަރު ހުސެއިން ސަވާދު އެވެ. 

ޕެނަލް ޑިސްކަޝަންގައި އެލައިޑުން އަލިއަޅުވާލާނެ މައިގަނޑު ބައިތަކުގެ ތެރޭގައި މެރިން އިންޑަސްޓްރީގެ ތެރޭގައި އެލައިޑުން އަދާކުރާ ދައުރާއި އިންޝުއަރަންސް މެދުވެރިކޮށް ދާއިރާގެ ހިދުމަތްތެރިންނަށް ރައްކާތެރިކަން ހޯދޭނެ ގޮތްތައް ހިމެނެ އެވެ. މީގެ އިތުރުން ބައިވެރިންގެ މެދުގައި އިންޝުއަރަންސްގެ ރޮނގުން ހުރި ސުވާލުތަކަށް ޖަވާބުދިނުންވެސް ހިމެނެ އެވެ.

އަންނަ މަހުގެ ހައެއްގައި މީރުމާ ހޯލުގައި ކުރިޔަށްގެންދާ މިއިވެންޓްގައި ސަރުކާރުގެ ކަމާބެހޭ އިސްވެރިންގެ އިތުރުން މިދާއިރާގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އަމިއްލަ ފަރާތްތައް ބައިވެރިވެ، ހިޔާލު ބަދަލުކޮށް، ސިނާއަތުގައި ކުރިމަތިވާ މުހިންމު އަދި އަސާސީ ގޮންޖެހުންތައް ދެނެގަނެ ހައްލު ހުށައަޅާ މިފަދަ މައްސަލަތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް ވަނީ ނިންމާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.