އެ ޕާޓީން މިރޭ ބުނީ ރައީސް ޔާމީން ފްރަންޓް އޮފީސް ޕޯޑިއަމުގައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަަވާނެ ކަަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާތައް މިރޭ އަލުން ފަށަން ތައްޔާރު ވެއްޖެ އެވެ.
ޕީއެންއެފްގެ ޖަލްސާތައް އަލުން މި ފަށަނީ އެ ޕާޓީގެ ރަސްމީ އޮފީސް، ޔާާމީންގެ ގެކޮޅު ހ. ދޫވެހީގައި ގާއިމު ކުރުމަށް ފަހު އެވެ. އެ ޕާޓީން މިރޭ ބުނީ ރައީސް ޔާމީން ފްރަންޓް އޮފީސް ޕޯޑިއަމުގައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަަވާނެ ކަަމަށެވެ.
މިރޭ 8:45 ގައި އޮންނަ ޖަލްސާ އަށް ޕާޓީގެ މެންބަރުންނާއި ޔާމީނަށް ތާއީދު ކުރާ ފަރާތްތަކަށް ވަނީ ދައުވަތު އަރުވާފަ އެވެ.
ޕީއެންއެފްގެ ޖަލްސާތައް އަލުން މި ފަށަނީ ސަރުކާރު ހިންގާ މައި ޕާޓީ -- ކޮންގްރެސް އިން އެ ޕާޓީގެ ރަސްމީ ހަރުގެ ހުޅުވާ ރޭ ޖަލްސާތައް ފަށާފައިވަނިކޮށެވެ. ރޭ އޮތް ޖަލްސާ ގައި ކޮންގްރެސްގެ ޗެއާޕާސަން / ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ބޮޑެތި ތުހުމަތުތައް ކުރައްވާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެ ވާހަކަފުޅުތަކަށް ރައްދު ދެއްވާ ޔާމީން، އަބްދުއްރަހީމަށް މިރޭ ވަރަށް ބޮޑަށް ބަހުގެ ހަމަލާ ދެއްވާނެ ކަމަށް ބެލެވެ އެވެ. ޔާމީން ކުރީން ވެސް އެމަނިކުފާނާއި އާއިލާއަށް އެންމެ ހުތުރުބަހުން ފާޑުވިދާޅުވާ ބޭފުޅަކީ އަބްދުއްރަހީމް ކަމަށް ވިދާޅުވެފަ އެވެ.