ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ފަލާހު ނޫންކަން މީގެ ދެ އަހަރު ކުރިން ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރު ކޮށްދީފައިވާ ކަމަަށް ވެެސް ބުންޏެވެ.
އެކްސްގައި އާންމުކޮށްފައިވާ ބަރަހަނާ ވީޑިއޯގައި ފެންނަނީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަތަކެއް ކަމަަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙުގެ އަބުރަށް އަރައިގަނެ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ސޯޝަލް މީޑީއާގައި ފަތުރަމުން ގެންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަަށެވެ.
ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ފަލާހު ނޫންކަން މީގެ ދެ އަހަރު ކުރިން ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރު ކޮށްދީފައިވާ ކަމަަށް ވެެސް ބުންޏެވެ.
އަދި ބުނީ އެ ފޮޓޯއާއެކު ހަގީގަތާއި ހިލާފު ދޮގު ހަބަރު ރޭގެ ވަގުތެއްގައި އެންމެ ފުރަތަމަ ފަތުރާފައިވަނީ އެފަދަ ދޮގު ވާހަކަތައް ފަތުރާ ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިވާ ފޭކް އެކްސް އެކައުންޓަކުން ކަމަަށެވެ.
ކޮންގްރެސް އިން ވަނީ މިފަދަ ހަގީގަތާއި ހިލާފު ދޮގު ވާހަކަ ދައްކާ ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ގޮވާލާފަ އެވެ.