ފުލުހުން ބުނީ ހ. ބްލޫސްކޫޕް ހުސައިން ޒިހާން (18އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ ހ. ބްލޫސްކޫޕް ހުސައިން ޒިހާން (18އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޒިހާން މިހާރު އުޅެނީ ހ. ބްލޫޑްރީމް ގައެވެ.
އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖޫން 21 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ބުންޏެވެ.
ޒިހާންއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މި އުމުރުގެ ޒުވާން ފިރިހެން ކުދީން މިގޮތަށް ގެއްލުމަކީ އާންމު ކަމެއް ނޫނެވެ. ނަމަވެސް އަންހެން ކުދީން ގެއްލިގެން ވަރަށް ގިނައިން އިއުލާނު ކުރެ އެވެ. ފުލުސް އިއުލާނާ އެކު ގިނަ ކުދީން އާއިލާއަށް ހަބަރުވެ އެވެ.