މުއިއްޒަށް ވެރިކަން ހޯދައިދޭން މާކުރީން ރޭވިން، އެކަން ކުރީ ރައްޔިތުންްގެ ހައްގުގައި: އަބްދުއްރަހީމް

"މާކުރީން މުއިއްޒަށް ބައިއަތު ހިފައިގެން މުއިއްޒަށް ޓިކެޓް ދިނީއޭ. މާކުރީން ރޭވީމޭ. ކީއްވެގެން ރޭވީ. އަޅުގަނޑަށް ރައީސް ޔާމީން އެނގޭތީ ރޭވީ،"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ޕީޕީއެމް / ޕީއެންސީގެ ޓިކެޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހޯއްދަވައިދެއްވުމަށް މާކުރީން ރޭއްވެވި ކަމަށާ އެއީ ރައީސް އަބްދުﷲ ޔާމީން އެހެން ބޭފުޅަކަށް ފުރުސަތު ނުދެއްވާނެތީ ގައުމުގެ ހައްގުގައި ކުރެއްވި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

"ޕީއެންސީ ހަރުގެ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު އޮތް ޖަލްސާ ގައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ރައީސް މުއިއްޒަށް ބައިއަތު ހިއްޕަވާ އެމަނިކުފާނަށް މާކުރީން ޓިކެޓް ދޭން އަބްދުއްރަހީމް ރޭއްވެވި ކަމަށް ޔާމީންގެ އަރިސް ބޭފުޅުން ވިދާޅުވާ ކަމަށާ އެއީ ހަގީގަތެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މާކުރީން މުއިއްޒަށް ބައިއަތު ހިފައިގެން މުއިއްޒަށް ޓިކެޓް ދިނީއޭ. މާކުރީން ރޭވީމޭ. ކީއްވެގެން ރޭވީ. އަޅުގަނޑަށް ރައީސް ޔާމީން އެނގޭތީ ރޭވީ. އަޅުގަނޑަށް އެނގޭ އެމަނިކުފާނަށް ކުރިމަތި ނުލެވެންޏާ އަޅުގަނޑުމެން ޕާޓީން ވެރިކަމަށް ކުރިމަތިލާން ފުރުސަތު ނުދެއްވާނެ ކަން،"

އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ޕްލޭން އޭ އާއި ބީ އާއި ސީ ހަދައިގެން އުޅުނުއިރު ވެސް ރައީސް ޔާމީންގެ ރުހުމުގައި އެހެން ބޭފުޅަކު ރިޔާސީ ރޭހަށް ނުނެރުއްވާނެ ކަމަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަަމަށެވެ. އެ ނިންމުމާއި ދެކޮޅަށް ރޭވުން ރޭއްވެވީ ގައުމަށް ދެރައެއް ލިބޭން ނޭންދޭތީ ކަމަށް ވިދާޅުވި އެވެ.

"ތިރީސް އަހަރުގެ ތަޖުރިބާއާ އެކު އަޅުގަނޑު ވިސްނަމުން ދިޔައީ އަޅުގަނޑުމެންގެ ޕާޓީ މަގުމަތިވިޔަ ނުދޭން. ރައްޔިތުން ބިކަވިޔަކަ ނުދޭން. މިގައުމުގެ މިނިވަންކަން ގެއްލުނަ ނުދޭން. ރައްޔިތުންނަށް އުފާވެރި މުސްތަގުބަލެއް ހޯދާދޭން. އެހެން ވެގެން ރާވަމުން ގެންދިޔައީ،"


އަބްދުއްރަހީމް ވަނީ މިދިޔަ ފަސް އަހަރު އެެ ބޭފުޅުން އުޅުނީ ވަރަށް ދައްޗާއި ތަކުލީފު ގައި ކަމަށް ވިދާޅުވެފަ އެވެ. އޭރު އެ ބޭފުޅުން ތިއްބެވީ ކަރަންޓް ބިލާއި ފެން ބިލް ވެސް ދެއްކޭނެ ފަދަ ނެތި ކަމަށާ އާއިލާތައް ދިރިއުޅުނީ ވަރަށް ނިކަމެތިކޮށް ދަތީގައި ކަމަށެވެ.

އެ ހާލަތުގައި ޕާޓީއަށް ލިބުނު ފައިސާއަށް ވީގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ އޭނާ ކަމަށް ވިދާޅުވެ ޔާމީނަށް ވަރަށް ބޮޑަށް ތުހުމަތު ކުރެއްވި އެވެ. 

އަދި ވިދާޅުވީ ސިޔާސީ މައިދާނުގައި އެ ބޭފުޅުންނާއި ވާދަނު ނުކުރެވޭނެ ކަމަށާ ރައްޔިތުންގެ ތާއީދު އޮންނާނީ ރައްޔިތުންނާއި ގުޅުން އޮންނަ ބަޔަކަށް ކަަމަށެވެ. އަދި ޔާމީނަށް އިންޒާރު ކުރެއްވީ "ބައިކިލޯ" ހަމަނުވާ ދެތީން މީހުން ނެރެގެން އެ ބޭފުޅުންނާއި ދިމާކުރަން ނުހެއްދެވުމަށެވެ.

"ތިމަންނާމެން ޕާޓީއަށް މެންބަރުން ވަންނަ ވަރު އެނގޭނޭ، ރައްޔިތުންގެ މަޖިލީސް އިންތިހާބު ނިމެންދެން ކެތްކޮށްލާށޭ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމިގެން ދިޔައީމަ ގެއަށް ވަތްވަނީނުން ގެއިން ނިކުންނާނަށް ވެސް ނުކުރެވުނު،" ޔާމީނަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.