މެޖޯރިޓީ ލީޑަރުގެ އިންޒާރެއް؛ ދޮގު ހަދަންޏާ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރާނަން

"އަޅުގަނޑުމެންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު އެ ދަރަޖައަށް ދައްކާ ކަމުގައި ވަނީ ވިއްޔާ ރައްޔިތުންނަށް ކަންކަން ހާމަކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮމެޓީތަކަށް ހާޒިރުކޮށްގެން ސުވާލު ކުރާނަމޭ،"

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު

ދައްކާ ވާހަކަތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވެ ދޮގު މައުލޫމާތު ފަތުރާނަމަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީތަކަށް ހާޒިރުކޮށް ސުވާލު ކުރާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ -- ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

"ޕީއެންސީ ހައުސް" ހުޅުވަން ރޭ ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހް ވިދާޅުވީ އޭނާއާ ގުޅޭގޮތުން ފަތުރާ ދޮގު ވާހަކަތަކަށް ޖެހިލުންވެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ދައުލަތުން ފައިސާ ހޯދައިގެން ޓީވީ ޗެނަލްތައް ހަދާ މިއަދު ބަޔަކު ކުރާހާ ވެސް ކަމަކީ ދޮގު ފެތުރުން ކަމަށާ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ވިދާޅުވީ އެ ވާހަކަތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު އެ ދަރަޖައަށް ދައްކާ ކަމުގައި ވަނީ ވިއްޔާ ރައްޔިތުންނަށް ކަންކަން ހާމަކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮމެޓީތަކަށް ހާޒިރުކޮށްގެން ސުވާލު ކުރާނަމޭ،" ފަލާހް ވިދާޅުވި އެވެ.

ފަލާހް ވިދާޅުވީ ސަރުކާރާއި ސަރުކާރުގެ އިސްވެރީން އަދި މަޖިލީސް މެންބަރުންނާއި ގުޅޭގޮތުން ފަތުރާ ދޮގު ވާހަކަތަކުން އެ ބޭފުޅުން ފަހަތަށް ނުޖެއްސޭނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.